27 ފެބުރުއަރީ 2020
ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައި ވިޔަސް ރާއްޖޭން މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް ކަމަށް ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައި ވިޔަސް ރާއްޖޭން މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް ކަމަށް ބުނެފި އެވެ.
ސައޫދީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އުމްރާ އަށް މީހުން ދިއުން ވަގުތީ ގޮތުން ހުއްޓުވީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.
މި ނިންމުމާ އެކު، ރާއްޖޭން އުމުރާ އަށް ފުރަން ތައްޔާރު ވެފައި ތިބި ބައެއް ޖަމާއަތްތަކަށް ނުފުރިދާނެ ކަމުގެ ބިރު ހީވި އެވެ. އޭގެ ތެރޭގައި މިއަދު 49 މީހުންނާއެކު އުމްރާއަށް ފުރަން ތައްޔާރުވެފައިވާ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕު ވެސް ހިމެނެ އެވެ.
މިއަދު ހަވީރު ސައުދީ އެއާލައިނުން ފުރާ ނަވާ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުރުމަށް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގައިފަ އެވެ. އަދި ހުރިހާ އެންމެންނަށް މިހާރު ވިސާ ވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެޑްވާސް ޓީމްގެ ދެ ބޭފުޅުން ވެއްޖެ ދެ ދުވަސް ކުރިން ގޮސް. މިއަދު ފުރޭނެ ކަމަށް އަންގާފައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމްރާ އަށް ނުދެވޭނެ ކަމަކަށް ސައުދީގެ އެއްވެސް ރަސްމީ އިދާރާއަކުން އަންގާފައިނުވާ ކަމަށެވެ. އުމްރާ އަށް ދިއުން ވަގުތީ ގޮތުން މަނާކުރާ ނަމަ، މިހާރު ފުރަން ތައްޔާރުވެފައި ތިބި މީހުންނަށް އެ ފުރުސަތު ދިނުމަށް އެދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލައި، އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) 2018 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ވެސް ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލަ އެވެ.
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖަށް މީހުން ގެންދަން ޕްރޮޕޯޒަލަށް ހުޅުވާލައިފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް