18 ޑިސެމްބަރ 2019
ލ. އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް 34 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ލ. އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް 34 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ނެޝެނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތި ޝާނާ ފާރޫގާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
މި މަޝްރޫއުގައި ހިމެނެނީ އެ ރަށު ބަނދަރުގައި ބޭރު ތޮއްޓަކާއި 48 މީޓަރުގެ އެއްގަމު ތޮށި ލުމެވެ. އަދި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރ.އަލިފުށި އަދި ރ.ދުވާފަރު ބިންހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި. pic.twitter.com/4cUX99hxQM
— Ministry of National Planning and Infrastructure (@MoNPImv) December 18, 2019
އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއް
މީގެ އިތުރުން ރ. އަލިފުއްޓާއި ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނާއި އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސަމެންޓް (އީއައިއޭ) ހަދަން ވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ލޭންޑް އެންޑް މެރިން އެންވަޔަރަމެންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިން ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މަޝްރޫއު ފުރިހަމަ ކުރަން ދިނީ ދޮޅު މަސް ދުވަސް ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 272،208 ރުފިޔާގެ ބަޖެޓެކެވެ.
އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
އާރުޓީއެލް ފެރީން ހުވަދޫ ގުޅާލަން ތައްޔާރުވެއްޖެ
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
މަންދޫ މީހުން ބަންދުން ވީއްލިގޮތް "ކަމަކުނުދޭ"!
އަލިފުށީ އެއާޕޯޓް، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އޮމަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި