Roadha Mihaaru

އެންމެންގެ ސުވާލު: މަސްތުވެ، ބިތްޖެހުން ހުއްދަވީތަ؟

އެ ސުވާލު ގިނަވާ ސަބަބެއް އެބައޮތެވެ. މަސްތުވެ ބިތްޖެހިފައި މީހުން މަގުތަކުގައި ތިބޭ ވަރު ދުވަހުން ދުވަހަށް އިތުރުވާތީ އެވެ. އެ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ. ނުފެނެއޭ ބުނެވެނީ އެ ހާލުގައި ތަކުރާރުކޮށް އެކަކު ހުންނަ ތަން ވެސް ފެންނާތީ އެވެ.

އެންމެންގެ ސުވާލު: މަސްތުވެ، ބިތްޖެހުން ހުއްދަވީތަ؟
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

18 ޑިސެމްބަރ 2019

އެ ސުވާލު ގިނަވާ ސަބަބެއް އެބައޮތެވެ. މަސްތުވެ ބިތްޖެހިފައި މީހުން މަގުތަކުގައި ތިބޭ ވަރު ދުވަހުން ދުވަހަށް އިތުރުވާތީ އެވެ. އެ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ. ނުފެނެއޭ ބުނެވެނީ އެ ހާލުގައި ތަކުރާރުކޮށް އެކަކު ހުންނަ ތަން ވެސް ފެންނާތީ އެވެ.

"އެ މީހުން ގެންގޮސް ވަގުތުން ޗެކްކޮށްފި ނަމަ [މަސްތުވާތަކެއްޗަށް] ޕޮޒިޓިވް ވާނެ. ފުލުހުން ވެސް މާލެތެރެ ޕެޓްރޯލް ކުރަނީ. ހައްޔަރެއް ނުކުރޭ. ފިޔަވަޅެއް ނާޅާ. މިހާ ހިސާބުން ސުވާލު އުފެދޭ އެއީ ކުށަކަށް ނުވަނީތޯ،" ކަންބޮޑުވުން ފާޅު ކުރަމުން އާންމުންގެ މީހަކު ބުންޏެވެ.

މި ފަހަކަށް އައިސް މަސްތުވެ "ޒޮމްބީ"ގެ ހާލުގައި ތިބޭ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. ކުރިއާ ހިލާފަށް ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެއްޗެއް އެތެރެވީތޯ ވެސް ބައެއް މީހުން ސުވާލު ކުރަނީ އެހެންވެ އެވެ.

Masthuvegen magumathee gai thibey meehunge 89 massala eh!

Masthuvegen magumathee gai thibey meehunge 89 massala eh!

The most trusted news source in the Maldives

Mihaaru

89 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނުން--

އެ ކަންބޮޑުވުންތަކާ ގުޅިގެން ހޮނިހިރު ދުވަހު ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް މި މަހު އެހާތަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަންކަން ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މަގުތަކުގައި ބިތްޖެހިފައި ތިބޭ މީހުންގެ އަދަދު މަދުނުވާތީ ފުލުހުންނަށް ފިޔަވަޅު އެޅޭތޯ ނުވަތަ އެފަދަ މައްސަލަތަކުގައި އަޅާ ނުލައި ދޫކޮށްލަނީތޯ އާންމުން ގެންދަނީ ސުވާލު ކުރަމުންނެވެ.

"މިހާރު މަސްތުވެގެން ހުރުމަކީ މާ ބޮޑު މައްސަލައަކަށް ނުވޭ. މިހާރު މައްސަލައަކަށް ވަނީ ރެޑުކޮށް މަސްތުވާއެއްޗެއް އަތުލެވިއްޖެއްޔާ. އެވެސް އަމިއްލަ ބޭނުމަށް ބޭނުންކުރާ ވަރަށް ވުރެ ތަންކޮޅެއް އިތުރުވެއްޖެ ނަމަ،" ސަންޕަ އަހުމަދުގެ ނަމުގައި "މިހާރު" އަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެ އެވެ.

މަސްތުވެގެން މަގުމަތީގައި އިން ޒުވާނެއް---

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރާ މީހުން އަވަހަށް ބަންދުން ދޫވުމަކީ ވެސް އެފަދަ މައްސަލަތައް އިތުރުވާ ސަބަބެކެވެ. ފަރުވާ އަށް ދޫކޮށްފައި ތިބޭ އެތައް ބަޔަކު ވެސް ފަރުވާ ނުފެށި ތިބީ މުޖުތަމައުއަށް ދޫވެފަ އެވެ. އެންމެ ފަހުން އެ މީހުން އަނެއްކާ ވެސް އެ ކުށް ތަކުރާރު ކުރަނީ އެވެ.

"މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރާ މީހުން ކޯޓުތަކުން ދޫކުރުމައި، އެއްވެސް ޝަރީއަތެއް ނުކޮށް ދޫކޮށްލުން ނުހުއްޓޭހާ ހިނދަކު މިކަމެއް ރަނގަޅެއް ނުވާނެ. އަހަންނަށް ފެންނަ ފެނުމުގައި މަސްތުވާތަކެތީގެ ވިޔަފަރި ކުރާމީހުން ވަރަށް ނުފޫޒު ގަދަ،" ސައްތާރު ނަމުގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.

"ފެނިފަ މައްސަލަ ހުށަނާލާ މައްސަލަ ތައް ވަރަށް ގިނަ. ސަބަބީ އެމީހުން ދޫވާލެއް އަވަހީ. މައްސަލަ ހުށަހަޅާ މީހާ ވެސް ބައެއް ފަހަރު އެމީހުންނަށް ކޮންމެވެސް ގޮތަކުން އެނގެނީ،" އެންދެރި ނަމުގައި ކޮމެންޓް ކުރި މީހަކު ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.

މަސްތުވެގެން ތިބޭ މީހުން ފެނުން ނުހުއްޓުވޭހާ ހިނދަކު އާންމުންގެ ކަންބޮޑުވުން ފިލައިގެން ނުދާނެ އެވެ. އެކަން ނުވާތީ އާންމުން ކުރަނީ އެއް ސުވާލެކެވެ. މަސްތުވުން މިހާރު ކުށަކަށް ނުވަނީތޯ އެވެ.