މާލޭގައި ޓެކްސީއަކުން މަސްތުވާތަކެތި ހޯދައި، އެ ޓެކްސީގެ ޑްރައިވަރާއި އިތުރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
16 ޑިސެމްބަރ 2019
މާލޭގައި ޓެކްސީއަކުން މަސްތުވާތަކެތި ހޯދައި، އެ ޓެކްސީގެ ޑްރައިވަރާއި އިތުރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރޭ އާ ސަހަރާ ކައިރިން ޓެކްސީއެއް ހުއްޓުވައި، ފާސް ކުރިއިރު ކާރުގެ ކުރީ ދެ ސީޓްގެ ދެމެދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އޭރު ކާރުގައި ތިބީ ޑްރައިވަރުގެ އިތުރުން އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ހައްޔަރުކޮށް، 24 ގަޑިއިރު ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެކަމަކު، އޭގެ ތެރެއިން އުމުރުން 28 އަހަރުގެ މީހާ އަކީ މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ މީހެއް ކަމަށް ވެފައި، އިތުރު މައްސަލައެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އޭނާއާ މެދު ގޮތެއް ނިންމުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަނީ ފުލުހުން ބުނިގޮތުގައި އޭނާއާ މެދު ގޮތެއް ނިންމުމަށްޓަކައި އެ އިދާރާގެ އެދުމުގެ މަތިންނެވެ.
ޑްރަގްސް އުފުލާ ވެހިކަލްތަކުގެ މައުލޫމާތު އާންމުކުރަނީ
މަސްތުވެގެން ހުރެ ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
މަގު ބަންދުކުރި ޓެކްސީތައް ޓޯކޮށްފި