09 ޑިސެމްބަރ 2019
މިދިޔަ ހުކުރު ދުވަހަކީ މާލެ އަށް އާދަޔާހިލާފަށް ގިނައިން ޓޫރިސްޓުން އައި ދުވަހެކެވެ. ތިން ހާހަށް ވުރެ ގިނަ ޓޫރިސްޓުން އެއްފަހަރާހެން މާލެ ފޭބީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ކްރޫޒް ލައިނާ، "ނޯވީޖިއަން ޖޭޑް" އިންނެވެ. މި ކްރޫޒް ލައިނާއިން ދޭ ހިދުމަތްތަކާއި މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބުނެވެ.
މިދިޔަ ހުކުރު ދުވަހަކީ މާލެ އަށް އާދަޔާހިލާފަށް ގިނައިން ޓޫރިސްޓުން އައި ދުވަހެކެވެ. ތިން ހާހަށް ވުރެ ގިނަ ޓޫރިސްޓުން އެއްފަހަރާހެން މާލެ ފޭބީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ކްރޫޒް ލައިނާ، "ނޯވީޖިއަން ޖޭޑް" އިންނެވެ. މި ކްރޫޒް ލައިނާއިން ދޭ ހިދުމަތްތަކާއި މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބުނެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 9:00 ގައި މި ބޯޓަށް އެރުމަށް ދަތުރު ފެށީ، ނޯވީޖިއަން ބޯޓުގެ ލައިފް ބޯޓެއްގަ އެވެ. މާލެއާ ގާތްގަނޑަކަށް 0.6 ނޯޓިކަލް މޭލު ދުރުގައި އޮތް މި ބޯޓު ކައިރި އަށް މަޑުކޮށްލުމުން އެއީ މާލޭގެ އެންމެ އުސް އިމާރާތްތަކާ، އެއް ވަރުގެ އުޅަނދެއް ކަން ޔަގީންވި އެވެ. ނޯވީޖިއަން ޖޭޑުގައި 15 ފްލޯ ހުރި އިރު ޓޫރިސްޓުންނަށް ހާއްސަ 1،000 ރޫމް ހުރެ އެވެ. މި ރޫމްތަކުގެ ތެރޭގައި ސީވިއު ރޫމްތަކާއި ޑިލަކްސް ރޫމާއި ޕެންޓްހައުސް ރޫމްތައް ވެސް ހިމެނެ އެވެ.
މި ކްރޫޒް ލައިނާ އިން 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ދަތުރު ކުރި އިރު ހިދުމަތްތައް ދިނުމަށްޓަކައި 1،100 އަށް ވުރެ ގިނަ ކްރޫން ހަރަކާތްތެރިވެ އެވެ.
ނޯވީޖިއަން ޖޭޑުގެ ޖިމް އޭރިއާ: އެއްފަހަރާ އެތައް ބަޔަކަށް މި ޖިމްގެ ބޭނުން ކުރެވޭނެ-- ފޮޓޯ: މިހާރު
ޔޫރަޕުން ފުރައިގެން އައި މި ބޯޓުން ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓަކުން ވެސް ލިބޭ ހިދުމަތްތައް ވަރަށް ފުރިހަމަ އަށް ހުއްޓެވެ. އެގޮތުން ހިތްހަމަޖައްސާލާއި މުނިފޫހި ފިލުވުމަށްޓަކައި ގިނަ ހަރަކާތްތަކަކާއި ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމުތައް ރޭވިފައި ހުއްޓެވެ.
އެ ބޯޓުގެ ޓޫރިސްޓުންނަށް ކެއުމަށްޓަކައި 14 ރެސްޓޯރެންޓް ހުރެ އެވެ. މި ރެސްޓޯރެންޓްތަކުން ދުނިޔޭގެ އެންމެ މަޝްހޫރު ކުޒީންތަކުގެ ކެޔުންތައް ލިބެން ހުރެ އެވެ. މި ކްރޫޒް ލައިނާގެ އެންމެ ހިތްގައިމު އެއްތަނަކީ، މީހުންގެ މާސިންގާ ތިއޭޓަރެވެ. މިއީ ރާއްޖޭގެ އެއްވެސް ތަނަކުން ނުފެންނާނެ ވަރުގެ ބޮޑު ތިއޭޓަރެކެވެ.
އެ ބޯޓުގެ ކެޕްޓަން އިންގާ ޝެލިން ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ތަފާތު ތިއޭޓާ ޕްލޭތައް ޝެޑިއުލް ކުރެވިފައިވާ އިރު، ކޮންމެ މީހަކަށް ވެސް ތިއޭޓަރުގެ ހަރަކާތްތައް ބަލައިލެވޭނެ އެވެ.
ނޯވީނިއަން ބޯޓުގެ ތިއޭޓަރު-- ފޮޓޯ: މިހާރު
އާންމުގޮތެއްގައި މިފަދަ ބޮޑެތި ކްރޫޒް ލައިނާތަކުގައި ދަތުރު ކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެ މީހުންގެ ހަށިގަނޑަކަށް ލުއި ކަން ގެނައުމަށާއި ސްޓެސް ފިލުވާލުމަށް ތަފާތު ވައްތަރުގެ މަސާޖުތައް ކުރުމުގެ ފުރުސަތު އެ ބޯޓުން ލިބެ އެވެ. އެގޮތުން އޮއިލް މަސާޖާއި ހައިޑްރޯ މަސާޖާއި ސޯނާގެ ހިދުމަތް އެތަނުން ލިބެ އެވެ.
ނޯވީޖިއަން ޖޭޑުގެ ދަތުރުތައް 2006 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުން އަންނަ އިރު އެ ކުންފުނީގައި 26 ފްލީޓް ހިމެނެ އެވެ. މިއީ މިހާތަނަށް ރާއްޖެ އަށް އައި އެންމެ ބޮޑު ބޯޓު ނަމަވެސް މިއީ ނޯވީޖިއަން ޖޭޑު ޕްލީޓުގެ އެންމެ ކުޑަ ބޯޓެވެ. އިންގާ ވިދާޅުވީ، އެ ރާއްޖެ އާއި މި ބޯޓަށް ވުރެ ދެގުނަ ބޮޑެތި ބޯޓުތައް ހުންނަ ކަމަށެވެ.
ނޯވީޖިއަން ޖޭޑުގެ ޕޫލް އޭރިއާ-- ފޮޓޯ: މިހާރު
މި ބޯޓުގައި ދަތުރު ކުރާ މީހުންނަށް ލިބޭ އެންމެ އުފަލަކީ، ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ބޭނުންވާ ކޮންމެ ކަމެއް ކޮށްލުމުގެ ފުރުސަތު ލިބުމެވެ.
"އެހެން ކްރޫސް ލައިނާތަކާ ހިލާފަށް ނޯވީޖިއަން ޖޭޑުން ދަތުރު ކުރާ މީހުންނަށް ވަރަށް މިނިވަން ކަމާ އެކު އުޅެވޭނެ. ބޭނުން އިރަކު ކެވޭނެ. އަދި ބޭނުން ގަޑިއަކު ބޭނުން ކަމެއް ކުރުމުގެ އިންތިޒާމުތައް ވަރަށް ފަސޭހަ ކަމާ އެކު ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 965 ފޫޓު ދިގު މިނުގެ މިބޯޓުގައި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް ހާއްސަ ކުޅިވަރުތަކުގެ އިތުރަށް ކުޑަކުދިންނަށް ހާއްސަ ކަންކަން ވެސް ހުއްޓެވެ. ބޯޓުގެ އެންމެ މަތީ ޑެކަކީ ޕޫލް އޭރިއާ އެވެ. ޕޫލް އޭރިއާ ސަރަހައްދުގައި ވެސް ގެސްޓުންނަށް ކެޔުމަށް ހާއްސަ ކުރެވިފައިވާ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ.
ނޯވީޖިއަން ޖޭޑްގެ މީހުން އުފުލާ ބޯޓެއް-- ފޮޓޯ: މިހާރު
މީގެ އިތުުރުން ހާއްސަ ލައިބްރަރީ އާއި ކާޑު ގޭމުތައް ކުޅެއް ބޭނުންވާ މީހުންނަށް އެފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތްތައް މި ބޯޓުގައި ހުރެ އެވެ. އެމެރިކާ އާއި ކެނެޑާ އާއި ޗައިނާގެ އިތުރުން އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ގިިނަ ގައުމުތަކުން މީހުން ދަތުރި މި ބޯޓު އަންނަ މާޗު ވެސް ރާއްޖެ އަށް އައުމަށް ހަމަޖެހިފައިވެ އެވެ.
ނޯވީޖިއަން ޖޭޑުން މާލެ އަންނަ ޓޫރިސްޓުން ނެރުން ބޭރުގައި ވެސް 20 ވަރަކަށް މިނެޓް ކައިރި ނުކުރެވިފައި އޮންނަން ޖެހެ އެވެ. ލައިފް ބޯޓުތަކުން ފަހަރަކު ގެނެވެނީ، ގާތްގަނޑަކަށް 25 ވަރަކަށް ޓޫރިސްޓުންނެވެ. އަދި މާލެ ބަނދަރަށް ކައިރި ކުރެވެނީ ފަހަރު އެއް ލައިފް ބޯޓަށެވެ. މިހެން ވުމުގެ ސަބަބުން 3،000 ޓޫރިސްޓުން މާލެ ފޭބުމަށް އެތަށް އިރެއް ވަންދެން ބޯޓުގައި ތިބީ ކިޔު ހަދައިގެން ވެސް ތިބެން ޖެހުނެވެ. އަދި އަނބުރާ ބޯޓަށް ދިއުމުގައި ހަމަ މި އުނދަގޫތަކާ ކުރިމަތިވި އެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ޓޫރިސްޓުންނަށް ހާއްސަކޮށް، ޓެންޓް ތަކެއް ހުރި ނަމަވެސް، ފާހާނާ އަށް ދާން ޖެހިއްޖެ ނަމަ، ކައިރި އިމާރާތަކަށް ވަދެވޭތޯ ބަލަން ޖެހެ އެވެ.
ނޯވީޖިއަން ޖޭޑުގެ ރެސްޓޯރެންޓެއް. އެ ބޯޓުގައި 14 ރެސްޓޯރެންޓް ހުރޭ--ފޮޓޯ:މިހާރު
ރާއްޖެ އަށް ކްރޫޒް ލައިނާތައް ގެންނަ އޭޖެންޓް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓް (މާޔާ) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލީ (ބަނީ) ވިދާޅުވީ މިފަދަ ކްރޫޒް ލައިނާތަކުން ޓޫރިސްޓުންނަށް އަރާ ފޭބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭ ނަމަ، މިހާރަށް ވުރެ ގިނަ ކްރޫޒް ލައިނާތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.
މި ދަތިތަކާ އެކު ވެސް ގިނަ ޓޫރިސްޓުން ތިބީ، ރާއްޖެ ފަދަ ތަފާތު މަންޒިލަކަށް މަޑުކޮށްލައި، ދިރިއުޅުމުގެ ކަންކަން ތަޖުރިބާކޮށްލުމަށް ފުރުސަތު ލިބުމުން ވަރަށް އުފަލުންނެވެ.
އާ ގަވައިދާ އެކު ކްރޫޒްލައިނާތައް އައުން ހުއްޓިއްޖެ
3000 ޓޫރިސްޓުން މާލެ އެރި ދުވަހެއް!
އަނެއްކާވެސް ބޮޑު ކްރޫޒް ލައިނާއެއް އަންނަނީ
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި
އާގަވާއިދަކީ ކްރޫޒްލައިނާތަކަށް ވަގުތީ ހައްލެއް: މާޔާ
ކްރޫޒްލައިނާގެ މައްސަލައަށް ހައްލެއް ހޯދާނަން:ފައިސަލް
ކްރޫޒްލައިނާ ޓާމިނަލް ނުހެދެނީ ބަޖެޓު ނެތުމުން
ކްރޫޒްލައިނާގެ މޫސުން ފެށިއްޖެ، 10 ބޯޓެއް އަންނާނެ!
ބޭނުންކުރަން ނުފެށި، ކްރޫޒްލައިނާ ޓާމިނަލް ހަލާކުވެއްޖެ
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި