Roadha Mihaaru
އިންޑިއާ އިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ

އިންޑިއާ އިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ

04 ޑިސެމްބަރ 2019

ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން މިއަދު ވަނީ ހަތަރު ދާއިރާއަކުން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދީފަ އެވެ. އެ އެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޑިމޮކުރަސީ އާއި ރާއްޖޭގައި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާ ކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި ކޮންފަރެންސްގައި މޯދީ ވިދާޅުވި އެވެ.

India in raajje ah bodethi ehee thakeh

India in raajje ah bodethi ehee thakeh

The most trusted news source in the Maldives

Mihaaru

އިންޑިއާ އިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުން---

އައްޑޫ ސިޓީގެ ތަރައްގީ އަށް މިސަރުކާރުން ދެއްވާ ސަމާލުކަން އިންޑިއާ އިން ބަލައިގަންނަ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީ އަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

އެންމެ މުހިންމީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުންކަން ފާހަގަ ކުރައްވައި މޯދީ ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރާ އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިރުތު ކުރެވިއްޖެ ކަމަށެވެ. މި ހަފްތާގައި އިންޑިއާގެ ތިން ސިޓީއަކުން ޑައިރެކްޓް ފުލައިޓް ރާއްޖެ އަށް ފަށާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޑިމޮކްރަސީ އާއި ރާއްޖޭގެ ތަރައްގީ އަށް ގިނަ ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ހިނގައްޖެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

މޯދީގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ "ހިތާއި ހިތުގެ" ގުޅުމެއް ކަމަށް ވިދާޅުވި އެވެ.