ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.
17 ޖޫން 2020
ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.
އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެސްޓީއޯ އިން އިންޑިއާ އިން ގަނެ، ބޯޑަރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ރާއްޖެ އަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި ކަމަށެވެ. މި ސާމާނުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
އެސް.ޓީ.އޯ އިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ނުގެނެވިފައި ވަނިކޮށް، އެތަކެތި ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ އިން ފޯރުކޮށްދީފިއެވެ. މީގެ ތެރެއިން ބައެއް ސާމާނަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުން ކުރެވޭ ތަކެއްޗެވެ.
— India in Maldives (@HCIMaldives) June 17, 2020
އިންޑިއާ އިން ރާއްޖެ ގެންނަ ސާމާނުގެ ތެރޭގައި އެކި ބާވަތުގެ މެޑިކަލް މާސްކާއި، ވެންޓިލޭޓަރުގައި ބޭނުންކުރާ އެމްބޫ ބޭގްތަކުގެ އިތުރުން އޮކްސިޖަން ގުޅަން ބޭނުންކުރާ ހޮޅި އާއި ލެބޯޓްރީގައި ބޭނުންކުރާ ފިލްޓާ ޓިޕްތައް އަދި ހަކުރު ޓެސްޓު ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ހިމެނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ފަދަ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ބައެއް ބޭސް ވެސް ތާށިވި އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ބޭސްތައް ވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އިންޑިއާ އިން އެކްސްޕޯޓް ކުރުން ހުއްޓާލި ބައެއް ސާމާނު ވެސް ރާއްޖެ އަށް ދޫކުރާ ގޮތަށް އެ ގައުމުން ހަމަޖެއްސި އެވެ.
އިންޑިއާގެ ބޯޑަރު ބަންދުކޮށް އެކި ސަރަހައްދުތަކުގައި ކާފިއު ހިންގައިފައިވާތީ އެކި ސިޓީތަކުން ސާމާނު އުފުލުމުގައި ވެސް ދަތިތައް ދިމާވަމުންދެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
މެލޭރިއާ ބޭސް ރާއްޖެއަށް އެކްސްޕޯޓްކުރަން ހުއްދަ ދީފި
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"
ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ