29 ސެޕްޓެމްބަރ 2016
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނެސް، އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމަށް ކޮންމެ އަހަރަކު ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު ޓޫރިޒަމް ފެއާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނެސް، އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމަށް ކޮންމެ އަހަރަކު ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު ޓޫރިޒަމް ފެއާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ދިވެހި ޕީއާރު ކުންފުންޏެއް ކަމަށް ވާ މޯލްޑިވްސް ގެޓަވޭސް އިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ން ވަނީ މިއަދު ބައިވެރިވެފަ އެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޓީޓީއެމް ބާއްވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބޭރުގެ އެޖެންޓުންނާ ގުޅުވައި ދިނުމަށެވެ. މި ފެއާގެ ސަބަބުން 2020 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެސް، އެ ސިނާއަތުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދަން އެހީތެރިވެދޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އަންނަ އަހަރުގެ ޖުލައި މަހު ބާއްވާ ޓީޓީއެމްގެ ފުރަތަމަ ފެއާގައި ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި އެޖެންޓުން އިޝްތިހާރު ކުރުމަށް ހާއްސަ ސްޓޯލުތައް ބެހެއްޓުމުގެ އިތުރަށް، ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ދެއްވާ ތަގުރީރުތަކާއި ފޮޓޯ އަދި ކުރެހުންތައް ދައްކައިލަން ބާއްވާ މައުރަޒަކާއި ވިޔަފާރިވެރިންގެ އަމިއްލަ ބައްދަލުވުންތައް ހިމެނެ އެވެ. ދެ ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބާއްވާ މި ފެއާ ނިންމާލާނީ ރަސްމީ ބައްދަލުވުންތަކާއި ހަރަކާތްތަކުގެ އިތުރަށް، ފަރިއްކޮޅަކާއި އެ ނޫން ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ބޮޑު ހަފްލާއަކުންނެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި އަންނަ އަހަރު ބާއްވާ ޓީޓީއެމް ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއްގެ އިސް ވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުގެ މަންދޫބުން ބައިވެރިވާނެ އެވެ.
ބައިނަލްއަގުވާމީ ބޮޑު ޓޫރިޒަމް ފެއާއެއް ރާއްޖޭގައި ބާއްވަން ނިންމިއިރު، ރާއްޖޭގައި މި އަހަރު ވަނީ ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއާއެއް ބާއްވާފަ އެވެ. މިދިޔަ އޮގަސްޓު 4-6 އަށް އާޓް ގެލަރީގައި ބޭއްވި ވެކޭޝަން އެކްސްޕޯގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 35 ފަރާތަކުން ބައިވެރިވި އެވެ.
މީގެ އިތުރުން، ޓީޓީއެމް އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކަށް ހާއްސަކޮށް ވެސް ކޮންފަރެންސެއް ބާއްވާފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި 160 އަށް ވުރެ ގިނަ ގެސްޓްހައުސެއްގެ ވެރިން ބައިވެރިވެވަޑައިގެން، އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގެސްޓްހައުސް ކޮންފަރެންސްގައި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވިޔަސް ރާއްޖޭގެ ޓޫރިޒަމް ވަނީ ހީނަރުވެފަ އެވެ. އެ ގޮތުން، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ނިންމައި މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެނެވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ޓޫރިޒަމް ސިނާއަތުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 40 ޕަސެންޓް ހިއްސާ ކުރާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ރާއްޖެ ވަންނަ ބޭރު ފައިސާގެ 60 ޕަސެންޓް ޓޫރިޒަމުން ލިބޭއިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ވެސް ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި ބިމު ކުއްޔާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ކަންކަމުން ލިބޭ ފައިދާ އެވެ.
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް
ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ މަންޒަރު އުފާވެރިއެއް ނޫން!
ޓޫރިޒަމް ސީޒަން ފެށީ 16 ޕަސެންޓުގެ ކުރިއެރުމަކާ އެކު
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް އިތުރު
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމުގެ އުސޫލު ބަދަލުކުރަނީ