Roadha Mihaaru
ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންފި

02 ޑިސެމްބަރ 2019

އަބޫ ދާބީގެ ވަލީ އަހްދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަބޫ ދާބީގެ ވަލީ އަހްދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަތެވެ. އެމަނިކުފާނު ވެސް އެނބުރި ވަނީ ރައީސާ އެކު މާލެ ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޔޫއޭއީގެ ވަލީ އަހްދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ބައިނަލްއަގުވާމީ ގުޅުންތަކާއި އެއްބާރުލުމުގެ މުހިންމުކަމާ ބެހޭ ގޮތުން އަބޫ ދާބީގެ ވަލީ އަހްދު ވާހަކަ ދެއްކެވި ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ އިސް ވެރިން މަޝްވަރާކުރެއްވި ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މިއަދު ފާހަގަކުރާ ޔޫއޭއީގެ 48 ވަނަ ގައުމީ ދުވަހުގެ މުނާސަބުތައި ތަހުނިޔާ ވިދާޅުވެފަ އެވެ.

ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވި ސައުދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންއާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވަނީ މި ދަތުރުފުޅުގައި ބައްދަލުކުރައްވައިފަ އެވެ.