Roadha Mihaaru
ރައީސް އާއި މަޖިލިހުގެ ރައީސް ޔޫއޭއީ އަށް

ރައީސް އާއި މަޖިލިހުގެ ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި

30 ނޮވެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރޭ ފުރާވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރޭ ފުރާވަޑައިގެންފި އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޔޫއޭއީ އަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅަކީ ޔޫއޭއީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޔޫއޭއީގެ ވަލީއަހުދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްއާ އެކު ފުރާވަޑައިގަތުމުގެ ކުރިން، މަތިންދާބޯޓުގައި ރައީސްއާ އެކު އިންނެވި ފޮޓޯއަކާ އެކު، ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

President leaves to Abu Dhabi on Official Visit

President leaves to Abu Dhabi on Official Visit

President leaves to Abu Dhabi on Official Visit

ރައީސާއި މަޖިލީހުގެ ރައީސް ޔޫއޭއީ އަށް ފުރާވަޑައިގަތުން: ފޮޓޯ ގެލެރީ: ރައީސް އޮފީސް

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.

ޔޫއޭއީ އިން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެހީތެރިވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގުޅުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ވެސް ވަނީ އެއްބަސްވެފަ އެވެ.