02 ޑިސެމްބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވި ކަން ރައީސް އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓުވީޓަކުންނެވެ. ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރުންނަށް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމަށް ފަހު އެވެ.
ރާޢްޖޭގެ އުއްތަމަފަނޑިޔާރުކަމަށް މ.ގުލްފާމްގެ އޒ. އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ، ހަސަންކާރިގެ އޒ. ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު އަޅުގަނޑު ފޮނުވައިފިން
— Ibrahim Mohamed Solih (@ibusolih) December 1, 2019
ޖޭއެސްސީން ރައީސަށް ލަފާ އެރުވީ ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފް އައްޔަން ކުރުމާ މެދު ޖޭއެސްސީން ރައީސަށް ލަފައެއް އަރުވައިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.
މުއުތަސިމާއި ސުއޫދު އައްޔަންކުރުން ކޮމިޓީ އަށް
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ސުޕްރީމްކޯޓުގެ ބެންޗު އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި
ޝަރީއަތްތައް އަވަސްކުރަން ސުއޫދުގެ ހުށަހެޅުންތަކެއް
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް