Roadha Mihaaru
ޝަރީއަތްތައް އަވަސްކުރަން ސުއޫދުގެ ހުށަހެޅުންތަކެއް

"ވާނުވާ" މައްސަލަތައް ހައްލުކޮށް، ޝަރީއަތްތައް އަވަސް ކުރަން ސުއޫދުގެ ހުށަހެޅުންތަކެއް

03 ޖުލައި 2024

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިން "ވާނުވާ" ބަންދާ ގުޅިގެން އުފެދިފައިވާ މައްސަލަ އާއި ކޯޓުތަކުގެ ޝަރީއަތްތައް ލަސްވުމުގެ މައްސަލަ ހައްލު ކުރަން ގާނޫނުތަކަށް ގެނެވިދާނެ އިސްލާހުތަކެއްގެ ހިޔާލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިން "ވާނުވާ" ބަންދާ ގުޅިގެން އުފެދިފައިވާ މައްސަލަ އާއި ކޯޓުތަކުގެ ޝަރީއަތްތައް ލަސްވުމުގެ މައްސަލަ ހައްލު ކުރަން ގާނޫނުތަކަށް ގެނެވިދާނެ އިސްލާހުތަކެއްގެ ހިޔާލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވައިފި އެވެ.

"ވާނުވާ" ބަންދުގައި އެތައް ދުވަހަކު މީހުން ތިބެން ޖެހުމާއި ޝަރީއަތްތައް ލަސްވެ، ބަންދުގެ މުއްދަތު އިންތިހާ އަށް ދިގުވެގެންދާތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ޕީޖީ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހައްލު ނުކުރެވޭނެ ކަމާއި އެކަން ކުރެވޭނީ ކޯޓުތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައޮ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު ވިދާޅުވީ، އެ ކޯޓުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން އަދި ވަސީލަތްތައް މަދުވުމަކީ ޝަރީއަތްތައް ލަސްވާން މެދުވެރިވާ ސަބަބެއް ކަމަށެވެ. އެކަން ކަމަށް ހައްލު ހޯދަން ކޯޓަށް އެކަށީގެންވާ ރަނގަޅު އިމާރާތެއް ލިބި، ވަސީލަތްތައް ވެސް އިތުރުވާން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންނަވާ ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ކޯޓުގެ ޖާގަ އާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ލަސްވުމަކީ މައްސަލައިގެ 50 ޕަސެންޓު ކަމަށާއި ފަނޑިޔާރުން އަމަލު ކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށެވެ.

"ހަމައެކަނި މުވައްޒަފުންނާއި ތަން ލިބުނަކަސް ނުވާނެ. މިހާރު މައްސަލަތައް ބަލާ ގޮތަކީ އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން. މިސާލަކަށް މިއަދު އަޑުއެހުމެއް އޮތިއްޔާ ދެން ހަ މަސް ފަހުން އޮވެދާނެ،" އޭނާ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ކޮންޓިނިއަސް ޓްރައިލްއެއް އޮންނަ ގޮތަށް ބަދަލު ކުރެވިއްޖިއްޔާ ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި ވާނުވާގައި މި ތިބެނީ ބޮޑެތި މައްސަލަތަކުގެ މީހުން. އެއީ ގެނެވިދާނެ ބަދަލެއް."

އަނެއް ބަދަލަކީ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ކޮންމެ ގާޒީއެއްގެ އެހީތެރިއެއްގެ ގޮތުގައި މެޖިސްޓްރޭޓް ފެންވަރުގެ ބޭފުޅަކު ހަމަޖެއްސުމެވެ. ގާޒީ އާއި އެހީތެރިޔާއާ އެކުގައި މަސައްކަތް ކޮށްފި ނަމަ، އިބްތިދާއީ ބައި އެހީތެރިޔާ ކުރިއަށް ގެންދަވާ، ޝަރީއަތް ކުރުމުގެ ބައި ގާޒީ އަށް ގެންދެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެގޮތަށް ސުޓްރަކްޗާ ބަދަލުކޮށްލެވިއްޖެ ނަމަ، މިހާރު ހުރި ލަސްކަން އަވަސްކަމަކަށް ބަދަލުކޮށްލެވިދާނެ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވަނީ ސިވިލް ކޯޓުގެ ޝަރީއަތްތައް އަވަސް ކުރަން މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނެވިދާނެ އިސްލާހުތަކެއްގެ ހިޔާލު ވެސް ކޮމިޓީއާ ހިއްސާ ކުރައްވައިފަ އެވެ. ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ސަބަބުން ޝަރީއަތްތައް ހަގީގަތުގައި ވެސް ލަސްވެފައިވާ ކަމަށާއި މައްސަލަ ފެށުމުގެ ކުރިން އޮންނަ މީޑިއޭޝަންގެ ބައި އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. ގާނޫނު އިސްލާހުކޮށް، މީޑިއޭޝަންގެ މަރުހަލާ އަލުން ފަށައިފި ނަމަ ސުއޫދު ވިދާޅުވި ގޮތުގައި މިހާރު މައްސަލަތަކުގެ 60 ޕަސެންޓް ދުވަހުން ދުވަހަށް ހައްލު ކުރެވޭނެ އެވެ.

އޭގެ ބަދަލުގައި ކޮންޓިނިއަސް ޓްރައިލްއެއް އޮންނަ ގޮތަށް ބަދަލު ކުރެވިއްޖިއްޔާ ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި ވާނުވާގައި މި ތިބެނީ ބޮޑެތި މައްސަލަތަކުގެ މީހުން. އެއީ ގެނެވިދާނެ ބަދަލެއް."--- ސުއޫދު

"އެ ބެކްލޮގް އެއްކޮށް ނައްތާލެވޭނެ ހަ މަސް ދުވަހުގެ ތެރޭގައި. ކުރިން މަދަނީ އިޖުރާއަތުގެ ގާނޫނު އައުމުގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ 60 ޕަސެންޓް މައްސަލަތައް ހައްލު ކުރަނީ މީޑިއޭޝަންގެ ތެރެއިން އެ ހުށަހެޅޭ ދުވަހުން ދުވަހަށް. ނަމަވެސް، މިހާރު މީޑިއޭޝަނަށް ދާން ވެސް އެބަ ނަގާ ހަ މަސް، އަށް މަސް،" ސުއޫދު ވިދާޅުވި އެވެ.

"އެހެންވީމާ ގާނޫނަށް އިސްލާހު ގެނެސް ކަނޑައަޅަންވީ އެންމެ ފުރަތަމަ ދާން ޖެހޭނީ މީޑިއޭޝަނަށޭ އެހެން އިޖުރާއަތްތަކުގެ ކުރިން، އޭރުން މައްސަލަ ހައްލުވާނެ."

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ދެން އޮތް މައްސަލައަކީ، ސުއޫދު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އަމުރަށް އަމަލު ނުކުރުމުން ދެން އެޅޭނެ ފިޔަވަޅެއް ނެތުން ކަމަށެވެ.

ޖޭއެސްސީގެ ރައީސް އަދު މާފުށި ދާއިރާގެ ހުސައިން ރިޒާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ހުރި ކަންކަން ހައްލު ކުރަން ބަންޑާރަ ނައިބުގެ އޮފީހާ އެކު، އެ ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށާއި އެ އިސްލާހުތަކާ އެކު މިހާރު އޮތް މައްސަލަތައް ހައްލު ވާނެ ކަމަށެވެ.