01 ޑިސެމްބަރ 2019
ކުންފުނީގެ ކޮރަޕްޝަން ހުއްޓުވައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުންފުނީގެ ކޮރަޕްޝަން ހުއްޓުވައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާގައި ސައީދު ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވެ ވަޑައިގަތް އިރު ކޮރަޕްޝަންގެ ސަބަބުން ކުންފުނީގެ ނަން ވަރަށް ބޮޑަށް ހަޑިވެފައިވާ ކަމަށެވެ. ނަމަވެސް ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތުން މިއަދު ކުންފުންޏަށް ފައިދާވާ ކަމަށް ވިދާޅުވި އެވެ.
މީގެ ހެއްކެއްގެ ގޮތުގައި އޭނާ ދައްކާފައިވަނީ އެ ކުންފުނީގެ ތަފާސްހިސާބުތަކެވެ. އެ ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ދެ ކުއާޓާގައި ފައިދާ ވެފައިވެ އެވެ.
"ފާއިތުވި 10 މަސްތެރޭގައި އަޅުގަނޑުމެން ވަނީ މި ކުންފުނީގެ ވީރާނާވެފައިވާ ފޭރާން ސަލާމަތް ކުރުމަށް އެތައް މަސައްކަތެއް ކޮށްފައި. މި މަސައްކަތުގެ ނަތީޖާ އަކީ ބަލަންޖެހޭ މިންގަޑުތަކުން ބެލިއިރު ކުންފުންޏަށް ފައިދާ ވެފައިވާކަން،" ސައީދު ވިދާޅުވި އެވެ.
ކޮރަޕްޝަން ނައްތާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ވެސް އެ ކުންފުނިން މިހާރު ބަލާނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރަން ކަމަށެވެ. އެގޮތުން، ރަށްރަަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖަނެރޭޓަރުތައް ގެންދިއުމުގައި ގިނަ ދުވަސްތައް ނެގި ނަމަވެސް ކަން ކުރަން އޮންނަ އުސޫލުން ނޫން ގޮތަކަށް ކަންތައް ނުކުރާނެ ކަމަށް ސައިދު ވިދާޅުވި އެވެ.
ސައީދު ވަނީ ފެނަކަ އަށް ރައްޔިތުން އިތުބާރު ކުރުމަށް އެދިވަޑައިގެން، ކުންފުނީގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިނގާކަން އެނގޭ ނަމަ އެކަން އެންގުމަށް އެދިވަޑައިގެންފަ އެވެ.
ފެނަކައާ ގުޅޭ ކުއްލި މައްސަލައެއް
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ފެނަކަ މުވައްޒަފުން ވައްކަމެއް ނުކުރާނެ: ސައީދު
ސައީދާއި އިބްރޭގެ ކޯޅުން:ސައީދުގެ ތުހުމަތަކީ ފުރައްސާރަ
ބޮޑެތި ތުހުމަތުކޮށް ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދީފި
މެނޭޖުމަންޓުން ކޮރަޕްޝަން ނުހިންގާނެ: ފެނަކަ
ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ އިތުރު މައްސަލައެއް ބަލަނީ
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ކޮރަޕްޝަންގެ ތުހުމަތުކުރަނީ ރާވައިގެން އަގު ވައްޓާލަން
ފެނަކައަށް ތުހުމަތުވާ ކޮރަޕްޝަންގެ 22 މައްސަލަ ބަލަނީ