ނިއު ޔޯކް (ސެޕްޓެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ފަޚުރުވެރިކަމާ އެކު އަބަދުވެސް ބުނެ އުޅޭ ވާހަކައެއް އޮވެ އެވެ؛ އޭނާގެ މުއްސަނދި ކަމާއި ކެމްޕޭނަށް ހޭދަކުރައްވަނީ އަމިއްލަ ޖީބުން ކަމަށެވެ.
29 ސެޕްޓެމްބަރ 2016
ނިއު ޔޯކް (ސެޕްޓެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ފަޚުރުވެރިކަމާ އެކު އަބަދުވެސް ބުނެ އުޅޭ ވާހަކައެއް އޮވެ އެވެ؛ އޭނާގެ މުއްސަނދި ކަމާއި ކެމްޕޭނަށް ހޭދަކުރައްވަނީ އަމިއްލަ ޖީބުން ކަމަށެވެ.
އެކަމަކު ފޯބްސް މަޖައްލާ އިން ބުނި ގޮތުގައި މީގެ އެެއް އަހަރު ކުރިއާ ބަލާއިރު ޓްރަމްޕުގެ އާމްދަނީން ވަނީ 800 މިލިއަން ޑޮލަރު ދަށްވެފަ އެވެ. ޓްރަމްޕުގެ މިލްކިއްޔާތުގައި ހުރި ކަމަށް ފޯބްސް އިން މިހާރު ލަފާކޮށްފައި ވަނީ 3.7 ބިލިއަން ޑޮލަރެވެ.
މި އަހަރުކުރީކޮޅު ޓްރަމްޕް ވަނީ ވޮޝިންޓަނުގައި ހޮޓަލެއް ހުޅުވާފައި.
ޓްރަމްޕުގެ އާމްދަނީ ދަށްވި ސަބަބެއް ކަމަށް ފޯބްސް އިން ލަފާކޮށްފައި ވަނީ ނިއު ޔޯކުގެ ރިއަލް އެސްޓޭޓް މާކެޓް ދަށަށް ދިއުމެވެ. ފޯބްސް އިން އެސްޓިމޭޓްކޮށްފައިވާ ޓްރަމްޕުގެ 28 ބިލްޑިންގެ ތެރޭން 18 ތަނެއްގެ އަގު ވަނީ ދަށްވެފަ އެވެ. އޭގެ ތެރޭގައި ނިއު ޔޯކުގައި ހުންނަ މަޝްހޫރު ޓްރަމްޕް ޓަވަރު ވެސް ހިމެނެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސްގައި ޓްރަމްޕް ވަނީ އޭނާގެ އަތުގައި ފައިސާ އާއި މުދާ އެބަހުރި ކަމަށާއި ގައުމު ހިންގަން ބޭނުން ވަނީ ވެސް ފައިސާއާ ބެހޭ ކަންކަން އެނގޭ މީހެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ކެމްޕޭން އިވެންޓެއްގައި އޭނާގެ އާއިލާ: ޓްރަމްޕުގެ އާމްދަނީން އަހަރެއްގެ ތެރޭ ވަނީ 800 މިލިއަން ޑޮލަރު ދަށްވެފައި.
ޓްރަމްޕުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދާ މެދު ޚިލާފުތަކެއް އެބައުޅެ އެވެ. ފެޑެރަލް އިލެކްޝަންސް ކޮމިޝަނަށް މި އަހަރު ހުށަހެޅި ހިސާބުތަކުން ބުނާ ގޮތުގައި ޓްރަމްޕުގެ މިލްކިއްޔާތު ދިހަ ބިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ. ފޯބްސް އިން 3.7 ބިލިއަން ޑޮލަރު ކަމަށް ބުނި އިރު ބްލޫމްބާގުން ބުނެފައި ވަނީ ތިން ބިލިއަން ޑޮލަރު ކަމަށެވެ. ފޯޗޫން އިން ލަފާކޮށްފައި ވަނީ 3.9 ބިލިއަން ޑޮލަރު ކަމަށެވެ.
ޓްރަމްޕުގެ އަމިއްލަ ޖީބުން މިހާތަނަށް 50 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށްވެ އެވެ.
ޑޮނާލްޑް ޓްރަމްޕް އަނެއްކާ ވެސް މުއްސަނދި ވަނީ
ޓްރަމްޕުގެ މުސާރަ ހަދިޔާ ކުރާނީ އަހަރުގެ ފަހުކޮޅު
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ނޭވީ ސީލްގެ ނާކާމިޔާބު އޮޕަރޭޝަނެއް ފަޅާއަރުވާލައިފި
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް
އެމެރިކާގެ ބައެއް ވިސާތަކަށް 15،000 ޑޮލަރު ނަގަނީ