މިދިޔަ ފަސް މަހު ދައުލަތުގެ ރިޒާވް ދަށަށް ގޮސް، ރިޒާވުގައި ހުރި މިންވަރު 530.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
19 ނޮވެމްބަރ 2019
މިދިޔަ ފަސް މަހު ދައުލަތުގެ ރިޒާވް ދަށަށް ގޮސް، ރިޒާވުގައި ހުރި މިންވަރު 530.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް ދިޔައީ ދަށްވަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން މިދިޔަ ފަސް މަހު ތެރޭ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ރިޒާވުން ވަނީ ދަށްވެފަ އެވެ. ސެޕްޓެމްބަރު މަހު ވެސް އޭގެ ކުރީ މަހަށް ވުރެ 80 މިލިއަން ޑޮލަރު ރިޒާވުން މަދުވެފައި ވެ އެވެ. އެއީ ގާތްގަނޑަކަށް 13 ޕަސެންޓްގެ ދަށްވުމެކެވެ.
މިއަހަރު ރިޒާވް އެންމެ ބޮޑަށް އުފުލިފައިވަނީ ފެބްރުއަރީ މަހު އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރިޒާވް 938 މިލިއަން ޑޮލަރަށް އެރި އިރު މާޗް މަހު ރިޒާވް ވަނީ 776 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ ގާތްގަނަޑަކަށް 170 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
ދައުލަތުގެ ރިޒާވް ދަށްވި އިރު ޔޫޒަބަލް ރިޒާވް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދަށްވެފަ އެވެ. އެގޮތުން ޔޫޒަބަލް ރިޒާވު މިހާރު ހުރީ 204 މިލިއަން ޑޮލަރުގަ އެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ދައުލަތުގެ ރިޒާވް ބޮޑު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ އިންޑިޔާގެ މަރުކަޒީ ބޭންކުން ކުރިން ހޯދަމުން އައި 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް، 400 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. ކަރެންސީ ސްވޮޕްގެ ތެރެއިން ހޯދާފައިވާ އަކީ އަނބުރާ ދައްކަން ޖެހޭ ފައިސާ ކަމުން ރިޒާވް ބޮޑުކުރުމަށްޓަކައި މިއީ ވަގުތީ ހައްލެކެވެ.
ދައުލަތުގެ ރިޒާވް ހަތަރު ޕަސެންޓު ދަށަށް
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
"ރިޒާވް ހުރީ 45 މިލިއަންގައި، މިމަހު ރަނގަޅުވާނެ"
ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ