Roadha Mihaaru

ފީފާ އިން ކޮމިޓީ އުވާލުމުން ޓޫރޭ ހިތްހަމަނުޖެހިއްޖެ

މެންޗެސްޓާ (ސެޕްޓެމްބަރު 28) - ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފީފާ އިން އުފައްދާފައިވާ ޓާސްކް ފޯސް ހުއްޓާލުމަށް ފީފާ އިން ނިންމުމާ ގުޅިގެން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އޭގެ އަސަރު ފޯރާނެ ކަމަށް އެ ޓާސްކް ފޯހުގެ މެމްބަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔާޔާ ޓޫރޭ ބުނެފި އެވެ.

ފީފާ އިން ކޮމިޓީ އުވާލުމުން ޓޫރޭ ހިތްހަމަނުޖެހިއްޖެ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

28 ސެޕްޓެމްބަރ 2016

މެންޗެސްޓާ (ސެޕްޓެމްބަރު 28) - ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފީފާ އިން އުފައްދާފައިވާ ޓާސްކް ފޯސް ހުއްޓާލުމަށް ފީފާ އިން ނިންމުމާ ގުޅިގެން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އޭގެ އަސަރު ފޯރާނެ ކަމަށް އެ ޓާސްކް ފޯހުގެ މެމްބަރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔާޔާ ޓޫރޭ ބުނެފި އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ ވިދާޅުވީ އެ ޓާސްކް ފޯހާ ހަވާލުކުރި މެންޑޭޓް ފުރިހަމަކޮށްފައިވާ ކަމަށާއި މަސައްކަތް ހުއްޓާލީ އެހެންވެ ކަމަށެވެ.

"ފީފާގެ ސިޓީ ލިބުމުން އަހަރެން ވަރަށް މާޔޫސްވި. ޓާސްކްފޯހުން ދިން ލަފަ އާއި އިރުޝާދާ އެއްގޮތަށް ކަންކޮށްގެން ލިބުނު ފައިދާ އާއި ކުރިއެރުންތަކުގެ ވާހަކަ ސިޓީގައި އޮތް ބަޔާންކޮށްފައި. އަހަރެންގެ ސުވާލަކީ އެތައް އަހަރެއް ވަންދެއް ހައްލު ނުވެ އޮތް މައްސަލައަކަށް ހެޔޮ ބަދަލު އަންނަން ފެށިތާ ކައިރީގައި ކީއްވެހޭ އެ މަސައްކަތް ހުއްޓާލަންވީ،" ޓޫރޭ ބުންޏެވެ.

ޗެމްޕިއަންސް ލީގު މެޗެއްގައި 2013 ވަނަ އަހަރު ރަޝިއާގައި ޓޫރޭއާ އަށް ނަސްލީ ދިމާކުރުން އަމާޒުވިއިރު، ޓޫރޭ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ކަޅުނަސްލުގެ ކުޅުންތެރިން ބޮއިކޮޓްކޮށްފާނެ ކަމަށް ބުނެފަ އެވެ.

ފީފާގެ ކުރީގެ ނައިބް ރައީސް އަލީ ބިން އަލް-ހުސެއިން ވިދާޅުވީ ފީފާގެ މި ނިންމުމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.