މެންޗެސްޓާ (ޑިސެމްބަރު 27) – ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަނބުރާ ގެނެސްފި އެވެ.
27 ޑިސެމްބަރ 2017
މެންޗެސްޓާ (ޑިސެމްބަރު 27) – ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަނބުރާ ގެނެސްފި އެވެ.
އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާ ވަނީ އޭރު ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ އަދި 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔަބުކޮށްފަ އެވެ.
"އަހަރެން އަހަރެންގެ ގައުމު ދެކެ ލޯބިވޭ އަދި އަހަރެން މިހިރީ ގައުމީ ޓީމުގެ ސިލްކެޝަނަށް ވަގުތު ހުސްކޮށްގެން،" އޭނާ ޓްވީޓްކުރި އެވެ. "ޓީމުގެ ކުރިއަށް އޮތް ޖީލަށް އެހީތެރިވާން ބޭނުން. އަދި އަހަރެންގެ ހުރިހާ ތަޖުރިބާއެއްގެ ބޭނުން ކުރަން ބޭނުން، އައިވަރީ ކޯސްޓުގެ އެންމެން ފަހުރުވެރިކޮށްދޭން."
ބާސެލޯނާ އިން 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓޫރޭ އަކީ އެދުވަސްވަރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އެކަމަކު ފަހުން އޭނާގެ ފޯމް ކެޓީ އެވެ. މި ސީޒަނުގައި އޭނާ ޕްރިމިއާ ލީގުގައި ކުޅުނީ އެންމެ ތިން މެޗެވެ. އާދައިގެ ކްލަބަކަށް ގޮސްފި ނަމަ ޓޫރޭ އަށް ކުޅުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު ކްލަބް ދޫކޮށްލުމުގެ ހިޔާލެއް ނެތެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަށް އައިވަރީ ކޯސްޓް ކޮލިފައިނުވެ އެވެ. އެކަމަކު 2019 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މާޗު މަހު ވާދަކުރަން ޖެހޭނެ އެވެ.
އައިވަރީ ކޯސްޓް ފުޓްބޯޅައިގެ ރައީސަކަށް ޑްރޮގްބާ ގެންނަން ޔާޔާ ޓޫރޭގެ ތާއީދު
އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަށް
ޔާޔާ ޓޫރޭގެ މައްސަލައެއް ފީފާގެ ސަމާލުކަމަށް
ޗައިނާ ލީގަށް މަލާމާތެއް ނުކުރަން: ޔާޔާ ޓޫރޭ
ކުޑަ މުސާރައެއްގައި ޔާޔާ ޓޫރޭ ވާދަވެރި ޓީމަކަށް
ޓޫރޭގެ ހިތްވަރަކީ އިބްރަހިމޮވިޗް
ޖެނުއަރީ މަހު ކްލަބް ބަދަލުނުކުރަން ޓޫރޭ ނިންމައިފި
ޓޫރޭ އެނބުރި އައިސް ސިޓީ މޮޅުކޮށްދީފި
"ޓޫރޭ މައާފަށް އެދުމަކީ ސިޓީ އަށް އުފާވެރި ހަބަރެއް"
ފީފާ އިން ކޮމިޓީ އުވާލުމުން ޓޫރޭ ހިތްހަމަނުޖެހިއްޖެ