28 ސެޕްޓެމްބަރ 2016
ބ. ކެންދޫގައި ޓީޗަރުން ސަލާމް ބުނަނީ ބަލިވެގެން ކަމަށާއި އިއްޔެ ޖެހުނު މައްސަލަ މިހާރު ހައްލުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބ. ކެންދޫގައި ޓީޗަރުން ސަލާމް ބުނަނީ ބަލިވެގެން ކަމަށާއި އިއްޔެ ޖެހުނު މައްސަލަ މިހާރު ހައްލުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ރަށު ސްކޫލު ޓީޗަރުން ސަލާމް ބުނާ ކަމަށް ބުނެ އެ ރަށުގެ ބައެއް ބެލެނިވެރިން ނިކުމެ ސްކޫލުގައި ތަޅުއެޅުވި އެވެ. ގާތްގަނޑަކަށް 200އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލު ބެލެނިވެރިން ބަންދުކުރީ ހެނދުނު ސެޝަނުގެ ކިޔެވުން ފެށުމުގެ ކުރިން، ސްކޫލު ދޮށަށް ގޮސް މުޒާހަރާ ކުރުމަށް ފަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން އިއްޔެ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ކިޔެވުން ކުރިއަށްގެންދާ ކަމަށެވެ.
"އެ ރަށުގައި ހުމެއް އެބަ ފެތުރޭ. މިނިސްޓްރީން ބެލި ބެލުމުން ޓީޗަރުން ސަލާމް ބުނެފައި ވަނީ ބަލިވެގެން. ދަރިވަރުންގެ ތެރެއިން ވެސް ތިރީހަކަށް ދަރިވަރުން ސަލާމްބުނެފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ މުޒާހަރާ ކުރި ބެލެނިވެރިއަކު ބުނީ ޓީޗަރުން ގިނަގިނައިން ސަލާމް ބުނާއިރު، ގެއްލޭ މާއްދާތައް އެހެން ޓީޗަރުން ކިޔަވައިނުދޭ ކަމަށެވެ.
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
އަހަރު ދަންމާލިޔަސް ފިލާވަޅުތައް ފުރިހަމަކުރެވޭނެބާ؟
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
"މީމިސް" މަސައްކަަތް ނުކުރާތީ ޓީޗަރުން ޝަކުވާކުރަނީ