14 ނޮވެމްބަރ 2019
ކޮސްޓަ ރިކާ އަކީ އެ ގައުމުގައި އުޅޭ އެތައް ވައްތަރެއްގެ ޖަނަވާރުންނާ ހެދި ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ. ނަމަވެސް އެ އެއްޗެހި ދެކެލަން ދާ މީހުން، ޖަނަވާރުންތައް ނަގައި، އެ އެޗިއްސާ އެކު ސެލްފީ ނަގާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމާ ދެކޮޅަށް މިހާރު ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.
ކޮސްޓަ ރިކާ އަކީ އެ ގައުމުގައި އުޅޭ އެތައް ވައްތަރެއްގެ ޖަނަވާރުންނާ ހެދި ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ. ނަމަވެސް އެ އެއްޗެހި ދެކެލަން ދާ މީހުން، ޖަނަވާރުންތައް ނަގައި، އެ އެޗިއްސާ އެކު ސެލްފީ ނަގާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމާ ދެކޮޅަށް މިހާރު ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.
ކޮސްޓަ ރިކާގެ އެންވަޔަރަމަންޓް އެންޑް އެނަޖީ މިނިސްޓްރީ (އެމްއައިއެންއޭއީ) އާއި ޓޫރިޒަމް އިންސްޓިޓިއުޓް (އައިސީޓީ) އާ ގުޅިގެން ފަށާފައިވާ ކެމްޕޭނުގެ ނަމަކީ #ސްޓޮޕްއެނިމަލްސެލްފީސް އެވެ.
— MINAE (@CRMinae) November 12, 2019
"ކޮސްޓަ ރިކާ އަށް އަންނަ ޓޫރިސްޓުން އެބަޖެހޭ ޖަނަވާރުންނާ އެކު ސެލްފީ ނަގަން ހަދައިގެން ދިމާވެދާނެ ހާދިސާތަކަށާއި އޭގެ ސަބަބުން ޖަނަވާރުންނަށް ލިބިދާނެ ގެއްލުންތަކާ ދޭތެރޭ ވެސް ވިސްނަން،" އެންވަޔަރަމަންޓް މިނިސްޓްރީގެ ވައިސް މިނިސްޓަރު ޕަމޭކާ ކެޒިލޯ ވިދާޅުވި އެވެ. "ހަމައެއާ އެކު އެބަޖެހޭ ޖަނަވާރުންނާ މާ ދޯޅުކޮށް އުޅެން ހަދައިގެން އޭގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުމަކާ ދޭތެރޭ ވެސް ވިސްނަން."
އޭނާ ވިދާޅުވި ގޮތުގައި ޖަނަވާރުންނާ އެކު ސެލްފީ ނެގުން ހުއްޓުވާ ކެމްޕޭނުގެ މައިގަނޑު އެއް ބޭނުމަކީ ޖަނަވާރުންގެ ހައްގުތަކަށް އިހުތިރާމްކޮށް ވައިލްޑްލައިފްގެ ހިމާޔަތަށް މީހުން އަހުލުވެރިކުރުވުމެވެ.
ކެމްޕޭނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކުގައި ވަނީ ޖަނަވާރުން އުޅޭ ތަންތަނަށް ޒިޔާރަތްކުރާ އިރު، އެ އެއްޗިއްސާ ދޭތެރޭ އިހާނެތިކޮށް ހެދިދާނެ ފަދަ އަމަލުތަކުން ދުރުވުމަށް ހިތްވަރުދޭ އިބާރާތްތައް ވެސް ލިޔެފަ އެވެ. އޭގެ ތެރޭގައި "އައި ޑޫ ނޮޓް މިސްޓްރީޓް ވައިލްޑް އެނިމަލްސް ފޮ އަ ސެލްފީ" ފަދަ އިބާރާތްތައް ހިމެނެ އެވެ.
މިފަދަ އިބާރާތްތައް ލިޔެފައިވާ ޕޯސްޓަރުތައް ކޮސްޓަ ރިކާގައި ޓޫރިސްޓުން ޒިޔާރަތްކުރާ ހުރިހާ ތަނެއްގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމަށް އަހަރަކު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.
ކޮސްޓަ ރިކާ އިން ތިމާވެއްޓަށް ދޭ ސަމާލުކަން ފާހަގަކޮށް އދ އިން އެ ގައުމަށް މި އަހަރު "ޗެމްޕިއަން އޮފް ދި އާތު" ގެ އެވޯޑް ވެސް ދީފައިވެ އެވެ.
ތައިލެންޑަށް ދާ މީހުން ޔޮޓްގައި ކަރަންޓީނުކުރަނީ
އައްޑޫގެ އެކްސްކާޝަންތައް މަނާކޮށްފި
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ހަވާއީގެ މަޝްހޫރު ފަރުބަދައިގެ ސިޑި ނަގަން ނިންމައިފި
އައި ތަނެއް ނޭނގޭ ފްލޯޓިން ބްރޭކްފާސްޓް
ބިދޭސީންނާ އެކު ކެއިންބުއިން މަނާކުރުމުން ފާޑުކިޔުން
ޝްރަދާގެ އިންސްޓަގެ 60 މިލިއަން ރާއްޖޭގެ ފޮޓޯއަކުން
ނިއުޒީލެންޑުން އެދެނީ އެ ގައުމުގައި އާ ފޮޓޯއެއް ނަގަން
ވެކްސިނާ ދެކޮޅު އިޝްތިހާރުތައް އެފްބީގައި މަނާ