13 ނޮވެމްބަރ 2019
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައިޕީއޯގެ ގައި ހިއްސާ ގަތް މީހުންގެ އެކައުންޓުތަކަށް ހިއްސާ ޖަމާކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައިޕީއޯގެ ގައި ހިއްސާ ގަތް މީހުންގެ އެކައުންޓުތަކަށް ހިއްސާ ޖަމާކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީސް (އެމް.އެސް.ޑީ) ގައި އިންވެސްޓަރުން ހުޅުވާފައިވާ އެކައުންޓަށް ހިއްސާތައް ޖަމާކޮށް ނިިފައިވާ ކަމަށެވެ. އަދި ޖަމާކުރުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ވާ ނަމަ އެމް.އެސް.ޑީ ގެ ނަންބަރު 3307878 އަށް ގުޅުމުން ނުވަތަ support@depository.mv އަށް އީމެއިލް ކުރުމުން އެ ކަމެއް ހައްލު ކޮށްދޭނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
ހިއްސާތައް އިންވެސްޓަރުންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިއްސާގެ ބާޒާރުގައި ހިއްސާ ގަނެ ވިއްކޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.
އެމްއައިބީން ވަނީ އެ ބޭންކު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފަ އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.
މި ހިއްސާ ގަތުމަށް ހުޅުވައިލި ފުރުސަތުގައި ގިނަ ބަޔަކު ފޯމު ހުށަހަޅާފައިވާތީ އެ ބޭންކުން ވަނީ ބައެއް ހިއްސާ ރީފަންޑު ވެސް ކޮށްފަ އެވެ.
އެމްއައިބީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި
އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްއައިބީގެ ހިއްސާ އަށް ޑިމާންޑް ބޮޑު
އެމްއައިބީ އިން ބޭންކިން ދާއިރާގައި އާ މިސްރާބަކަށް
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ޑރ. މުނީޒާ އެމްއައިބީގެ ޝަރީއާ ކޮމިޓީއަށް
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
އެމްއައިބީގެ މަސައްކަތްތަކަށް ބަދަލުތަކެއް!
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި