31 ޖުލައި 2019
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ބާރަށް ވިކެމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ބާރަށް ވިކެމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން އެ ކުންފުނީގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ނިންމައިފަ އެވެ.
ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ޚިދުމަތް ދިނުމުގެ ގޮތުން އެމްއައިބީން ވަނީ މ. ފާމުދޭރިގޭގެ ތިރީގައި ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. މި ސެންޓަރަކީ ހިއްސާ ގަތުމަށް އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ސެންޓަރު ކަމަށް އެމްއައިބީން މައުލޫމާތު ދެއެވެ.
އެމްއައިބީން ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށްގެން ހިއްސާ ގަނެވޭނެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެމްއައިބީގެ ހިއްސާ ގަނެވޭނެ އެވެ.
އިންފިނިޓީ ޕޯޓަލް އާއި ކަލެކްޝަން ސެންޓަރުގެ އިތުރުން މާލޭގައި ހުންނަ އެމްއައިބީގެ މެއިން ބްރާންޗާއި، އަތޮޅުތަކުގެ ބްރާންޗުތަކުން ވެސް ހިއްސާ ގަނެވޭނެ އެވެ.
އެމްއައިބީން ވަނީ އެ ބޭންކުގެ ހިއްސާ ވިއްކުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން ހަފްތާ ބަންދު ދުވަސްތަކުގައި އަތޮޅުތަކުގެ ބްރާންޗުތަކުން ރޯޑް ޝޯތައް ކުރިއަށްގެންދިއުމަށް ވަނީ ހަމެޖެހިފަ އެވެ. މާލޭގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި
އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ހިއްސާއަކަށް 1.2ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީގެ ބޯޑަށް އާއްމު މެމްބަރަކު އައްޔަންކޮށްފި
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް
އެމްއައިބީގެ ބޯޑަށް ޕެންޝަން އޮފީހުން މީހަކު ހޯދަނީ
ހިއްސާއަކަށް 1.58ރ. ބަހަން އެމްއައިބީން ނިންމައިފި