އާއްމު ހިއްސާދާރުންގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބޯޑުގެ ޑިރެކްޓަރަކަށް ވުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.
09 ފެބުރުއަރީ 2020
އާއްމު ހިއްސާދާރުންގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބޯޑުގެ ޑިރެކްޓަރަކަށް ވުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.
މިއީ އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމަށްފަހު ބޯޑު މެމްބަރުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ. މި އަހަރު އައްޔަން ކުރާ ބޯޑު މެމްބަރަކީ ތިން އަހަރު ދުވަހުގެ މުއްދަތައް އައްޔަން ކުރާނެ މެމްބަރެކެވެ.
މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެމްއައިބީ އަށް ފޯމު ހުށަހަޅަން ޖެހޭނެ އެވެ. ފޯމު ހުށަހަޅާނީ އެ ބޭންކުގެ ކޮމްޕެނީ ސެކެޓްރީ އަށް އެޑްރެސް ކޮށްފަ އެވެ. މި ފޯމު މިހާރު އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
ބޯޑު ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ދިރާސާ ކުރުމަށްފަހު ބޯޑު މެމްބަރުކަމަށް ޝަރުތު ހަމަވާ މީހުންގެ ނަންތައް މި އަހަރު ބާއްވާ އެ ކުންފުނީގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާގައި ވޯޓަށް ހުށަހަޅާނެ އެވެ. މި މަގާމަށް މީހަކު އައްޔަން ކުރާނީ އަހަރީ އާއްމު ޖަލްސާ އަށް ހާޒިރުވާ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުންނެވެ.
އެމްއައިބީން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ފެށީ މިދިޔަ އަހަރެވެ. އެ ބޭންކުގެ އައިޕީއޯއަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު އައިޕީއޯ އެވެ. އެގޮތުން އެ ބޭންކުން ވިއްކަން ހުޅުވާލި އަދަދަށްވުރެ ގިނައިން ހިއްސާ ގަންނަން ވަނީ ހުށަހަޅައިފަ އެވެ.
އެމްއައިބީއިން ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކޮށްފި
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
އީޒެޕުން އެމްއައިބީ ގްލޯބަލް ޕޭގައި ބައިވެރިވެއްޖެ
އެމްއައިބީގެ ޑޮލަރު/ރުފިޔާ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފި
އެމްއައިބީ މެރިންޑްރައިވް ބްރާންޗު ރީޓެއިލް ބްރާންޗަކަށް
އެމްއައިބީން "ރޯދަ ކެޗާ"ގެ ނަމުގައި ހާއްސަ ޗެލެންޖެއް
ފަހު 10ގައި ތިން ދުވަހަކު އެމްއައިބީ ހުޅުވަނީ
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
އެމްއައިބީގެ ސާފު ފައިދާއަކީ 282 ރުފިޔާ