Roadha Mihaaru

ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވަނީ

ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހަކު މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފަހު 10ގައި ތިން ދުވަހަކު އެމްއައިބީ ހުޅުވަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 މާޗް 2025

ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހަކު މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ވަނީ ރޯދަަ މަހުގެ ފަހު 10 ގެ ދުވަސްތަކުގެ ތެރެއިން ރޯދަ މަހުގެ 20 ވަނަ ދުވަހާއި 27 ވަނަ ދުވަހު އަދި 29 ވަނަ ދުވަހު ބޭންކު ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. އެ ތިން ދުވަހު އެ ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 2 ޖަހަންދެނެވެ.

އެމްއައިބީގެ ބިޒްނަސް ބްރާންޗު (ހެޑް އޮފީހުގެ ގްރައުންޑް އަދި ފަސްޓު ފްލޯ) ހަފްތާ ބަންދު ފިޔަވައި ފަހު 10 ގެ ހުރިހާ ދުވަހެއްގައި ވެސް ހުޅުވާފައި ހުންނާނެ އެވެ.

އެމްއައިބީ އަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ހޯދޭ ބޭންކެކެވެ. އެގޮތުން 2023 އިން ފެށިގެން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވޭނެ އެވެ. އަދި އިންޓަނެޓް ބޭންކިންއިން ފަސޭހަ ކަމާއިއެކު ޓީޓީ ކުރެވޭނެ އެވެ. އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭއިރު އެ ތިން ދުވަހު ބޭންކަށް ގޮސްގެން ވެސް މި ހިދުމަތްތައް ހޯދޭނެ އެވެ.

ރާއްޖޭގައި އޮންލައިންކޮށް ބެންކިންގެ ހިދުމަތްތައް ފުރަތަމަ ދޭން ފެށީ އެމްއައިބީއިންނެވެ. ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކަކީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމާމެދު ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ ބޭންކެކެވެ.