11 ނޮވެމްބަރ 2019
ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބޭ ގޮތަށް ޖުމްހޫރީ ވެރިކަމެއް ބައްޓަން ކުރުމަކީ ސަރުކާރުގެ އިސް ފަރާތްތަކުގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބޭ ގޮތަށް ޖުމްހޫރީ ވެރިކަމެއް ބައްޓަން ކުރުމަކީ ސަރުކާރުގެ އިސް ފަރާތްތަކުގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 51 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ގައުމު ހިންގަވަން އިއްޔެ ތިއްބެވި ބޭފުޅުންނާ ގުޅޭ ގޮތުން މިއަދު ވާހަކަ ދައްކަމުން އަންނަ އިރު އެކަން މާދަމާ ތަކުރާރުވާނެ ކަން ހަނދާން ކުރަން ޖެހޭ ކަަމަށެވެ. ވެރިކަމުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންގެ އަމަލުތަކާ ގުޅޭ ގޮތުން މާދަމާ ވާހަކަ ދައްކާނެ ކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިޚުލާސްތެރިވުމަކީ އެންމެ މަތީ އެއް މަސްއޫލިއްޔަތެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތު، ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ އިސް ނުކުރެވޭ ނަމަ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމުގައި ދަތިކަން ކުރިމަތިވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އިއްޔެ ގައުމު ހިންގަވަން ތިއްބެވި ބޭފުޅުންނާ މެދު މިއަދު ވާހަކަ މިއަދު ދެކެވޭ ހިނދު، މިއަދު ގައުމު ހިންގަވަން ތިއްބަވާ ބޭފުޅުންނާ މާދަމާ ވާހަކަ ދެކެވޭނެ ކަން ހަނދުމަ ބަހައްްޓައިގެން ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބޭ ގޮތަށް ޖުމްހޫރީ ވެރިކަމެއް ބައްޓަން ކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް،" އިމްރާން ވިދާޅުވި އެވެ.
ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ހިންގާ ވެރިކަމެއް ކަމަށާއި އެހެންކަމުން ޖުމްހޫރީ ވެރިކަމެއްގެ މިލްކުވެރިންނަކީ ރައްޔިތުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރައްޔިތުންގެ ލާބަޔާއި މަންފާގެ ހިއްސާ ލިބެން ޖެހޭނީ ވެސް ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހަގީގީ ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ ވެސް އެ ވެރިކަމަކަށް ރައްޔިތުންގެ ލޯބި ލިބޭހާ ހިނދަކު ކަމަށް ވެސް އިިމްރާން ވިދާޅުވި އެވެ.
ވެރިން، ރައްްޔިތުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ހައްގުތަކަކާއި ވާޖިބުތަކެއްވާ ފަދައިން ރައްޔިތުންގެ މައްޗަށް ވެސް ވާޖިބު ތަކެއް ވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ވެރިންގެ ފަރާތުން ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކަކާއި ދޭން ޖެހޭ ޚިދުމަތްތަކެއް ވެރިންގެ މައްޗަަށް ވާ ފަދައިން ރައްޔިތުންގެ މައްޗަށް ވެސް ވެރިންނަށް ޓަކައި، ވެރިކަމަށް ޓަކައި އަދާކުރަން ޖެހޭ ޒިންމާ ތަކަކާއި މަސްއޫލިއްޔަތު ތަކެއް ވާކަން ކަށަވަރު،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތް ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ހާއްސަ އިނާމު 39 ފަރާތަކަށް
ހޯމް މިނިސްޓަރު އަތުން ނެގި ބާރުތައް އިއާދަކޮށްދެނީ
ހަރުކަށިކަން ދުރުކޮށް ދީން ހިމާޔަތް ކުރާނަން: އިމްރާން
އިމްރާން ވަޒީރުކަން ކުރުމަށް ހުރަސް އެބައޮތް: ފާއިޒް
ރައްޔިތުންގެ ބާރުތައް ދަމަހައްޓަން މަސައްކަތްކުރަންޖެހޭ
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ޑްރަގް ޓްރެފިކް ކުރި 314 މީހަކު ދޫކޮށްލި: އިހުސާން