Roadha Mihaaru
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 ބޭފުޅަކަށް ދީފި

10 ނޮވެމްބަރ 2021

ސަރުކާރުން މިއަހަރު އަލަށް ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 117 ބޭފުޅަކަށް މިރޭ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން މިއަހަރު އަލަށް ދޭން ފެށި "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" 117 ބޭފުޅަކަށް މިރޭ ދީފި އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެ އިނާމު ހަވާލުކޮށްްދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.

މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 3 ނޮވެމްބަރުގެ ބަތަލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ހިމެނިވަޑައިގެންނެވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިގު މުއްދަތެއްގައި ދައުލަަތަށް ހިދުމަތް ކުރުމަކީ ވަޒަން ކުރެވޭ ވަރަށް ވުރެ މާ އަގުބޮޑު ކަމެއް ކަމަށާއި މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ދެއްވީ އަދާކުރެއްވި މަގާމަށް ބަައްްލަވައިގެން ނޫން ކަމަށެވެެ.

ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދައުލަށް 50 އަހަރަށް ވުރެ ދިގު މުއްދަަތެއްގައި ހިދުމަތް ކުރެއްވި ފަސް ބޭފުޅަކު ހިމެނިވަޑައިގެންނެވި އެވެ. އެއީ ފާއިޒާ އަބްދުލް ގާދިރާއި އިބްރާހީމް ޒަކީ އާއި ކާނަލް ރިޓަޔާޒް ރަންވިއްކާ އާދަމް މަނިކާއި ލެފްޓިނެންޓް ރިޓަޔާޑް އުމަރު މުހައްމަދާއި އިބްރާހީމް ހަލީމެވެ.

އެ ބޭފުޅުންނަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާ މިހާރު އޮތް ހިސާބަށް ވާސިލުވުމުގެ އާރުކާޓީންނަކީ އެ ބޭފުޅުން ކަމަށެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފަށް ވެސް މިރޭ ހިދުމަތުގެ އިނާމު ދެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ވެސް މިރޭ އިނާމު ލިބިވަޑައިގެންނެވި އެވެ.

"މިފަދަ ހިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ހިދުމަތް ވަނީ ދިވެހި ޖުމްހޫރިއްޔާއާ ގުޅިފައި. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްްސިޔަ ވަޔަކީ އެބޭފުޅުންގެ ހިދުމަތް،" ރައީސް ވިދާޅުވި އެވެ.

ދިވެހި ދައުލަތާއި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެެ.