10 ނޮވެމްބަރ 2019
ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ނުދޭ ބަޔަކު ތިބިކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަށާއި އެކަމަކު މަޝްރޫއުތައް ހިންގުމާއި ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.
ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ނުދޭ ބަޔަކު ތިބިކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަށާއި އެކަމަކު މަޝްރޫއުތައް ހިންގުމާއި ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދު ވެސް ހަނދާން ބަހައްޓަން ވާނެ ކަމަށެވެ. އެކަމަކު ސަރުކާރުން މަޝްރޫއުތައް ހިންގައި، ހިދުމަތްތައް ދިނުމުގައި އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު ދެމިއޮތްހާ ހިނދަކު، އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް، ބާކީ ކުރުމެއް ނެތި ހިދުމަތް ދޭނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.
ގާނޫނުއަސާސީއަށް ވުރެ މަތީގައި އެކަކަށް ވެސް ނުހުރެެވޭނެ. އެއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. --ރައީސް
ދައުލަތުގެ ގިނަ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ ކަމެއް ވެސް ތަރުތީބުކޮށް އިންތިޒާމްކޮށްފައި ހުންނަން ވާނީ ރައްޔިތުން އެދޭ ފެންވަރަށް ޚިދުމަތް ދިނުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރެވި އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފަނޑިޔާރުގޭގެ މަގްސަދަކަށް ވާން ވާނީ އަދުލުވެރިކަމާ އެކު ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
''މި ދެންނެވި ހުރިހާ ކަމެއްގެ އުސޫލީ ހުރިހާ ހަމަތަކާ މިންގަނޑުތައް، ގާނޫނު އަސާސީގައި ކަޅާ ހުދުން އެހެރީ ލިޔެ، އެކަށައެޅިފައި."
ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށް ވެސް އެ ގާނޫނު އަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ އެވެ. އެއީ، އެ މަނިކުފާނު ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައި ވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެެވޭނެ ކަމަށާއި އެއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރަސްކަމަކުން މީގެ 52 އަހަރު ކުރިން ޖުމްހޫރީ ވެރިކަމަށް ބަދަލުވުމަކީ ހެވެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށެވެ. އަދި އެ އަމާނާތްތަކަށް ވަފާތެރިވެ، އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުމަކީ ދައުލަތުގެ މަގާމުތަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންގެ އަޑު އަހަމުން. ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް،" ރައީސް ވިދާޅުވި އެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
ސިވިލް ސާވިސް ހިދުމަތުގައި ކުލައެއް ނޯންނާނެ: ރައީސް
މިއީ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް
ކުރިއަށް އޮތީ މަޝްރޫއުތަކުގެ އަހަރު: ރައީސް
ރައްޔިތުންގެ ވެރިކަމެއް ކަން ކަށަވަރުކޮށްދޭނަން: އިބޫ
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
ރައްޔިތުންގެ ބާރުތައް ދަމަހައްޓަން މަސައްކަތްކުރަންޖެހޭ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"