09 ނޮވެމްބަރ 2019
އައްޑޫގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ރިސޯޓް ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ރިސޯޓް ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
މީދޫ ކައިރީގައި އޮންނަ އިސްމެހެލާހެރައިގައި ތަރައްގީ ކޮށްފައިވާ ރިސޯޓަށް މުވައްޒަފުން ހޯދަން އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، އެފްއެންޑްބީ، ހައުސްކީޕިން، ޓްރާންސްޕޯޓް އަދި ކިޗެން ހިމެނެ އެވެ.
ސައުތު ޕާމުން ބުނިީ، ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ
މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ސައުތު ޕާމަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަގަން ނިންމައި، އައްޑު އާއި ފުވައްމުލަކުގައި އޯޕަންޑޭތަކެއް ވެސް ބާއްވާފައިވެ އެވެ.
ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް 2017 ގައި ފެށި ރިސޯޓްގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ތަރީގެ 130 ވިލާ ވަނީ ހަދައިފަ އެވެ. އަދި ދެވަނަ ފޭހުގައި ފަސްތަރީގެ 110 ވިލާ ހަދަން ވަނީ ނިންމައިފަ އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން 60 ބީޗް ވިލާ އާއި 30 ވޯޓާ ވިލާގެ އިތުރުން 20 އޯޝަން ވިލާ އާއި ބާ އެއްގެ އިތުރުން ސްޕާ އަދި ރެސްޓޯރެންޓެއް ހުޅުވާނެ ކަމަށް ސައުތު ޕާމުން ބުނެފައިވެ އެވެ.
މި ރިސޯޓަކީ އައްޑޫގައި ތަރައްގީކުރި ތިން ވަނަ ރިސޯޓެވެ. މި މަޝްރޫއު އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޕްރީލް 28، 2015 ގަ އެވެ.
އައްޑޫގައި މި ވަގުތު ހިންގަނީ ދެ ރިސޯޓެވެ. އެއީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް މޯލްޑިވްސް (ހެރަތެރަ) އެވެ.
އައްޑޫގެ ތިން ވަނަ ރިސޯޓަށް މުވައްޒަފުން ހޯދަނީ
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
އައްޑޫ މީދޫގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ހުޅުވައިފި
އައްޑޫން ޓޫރިޒަމަށް އިތުރު ބިންތަކެއް ދޫކުރަނީ
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި