ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
07 ނޮވެމްބަރ 2019
ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
މި މަހުގެ 15-17 އަށް އޮންނަ މި ހަރަކާތަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ 150 ގައުމެއްގައި ހިންގާ ހަރަކާތެކެވެ.
މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ހިޔާލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީި ހަމަޖެހިފަ އެވެ. އަދި މި ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ވިޔަފާރީގެ މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ އެވެ.
މީގެ އިތުރުން މި ހަރަކާތުގެ ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ވިޔަފާރީގެ ކޯޗުންނާއި ދިރާގާއި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންގެ އިރުޝާދު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ދިރާގާއި ސްޕާކް ހަބުން އަންނަނީ ރާއްޖޭގެ ޒުވާނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށް އެހީވުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން، ރާއްޖޭގައި އަލަށް "ލީން ސްޓާޓްއަޕް މެޝިން" ތައާރަފުކޮށް، ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯން "އޭންޖަލް ހެކް" އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ދިރާގާއި ސްޕާކް ހަބުން ވަނީ ބާއްވައިފަ އެވެ.
ލީން ސްޓާޓްއަޕް މޯލްޑިވްސްގައި ބައިވެރިވާން ހުޅުވާލައިފި
ފުޑް ކާނިވާގެ މެއިން ސްޕޮންސަރަކަށް ދިރާގު
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު
ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ
ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ފަށަނީ
އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން
ދިރާގު އީދު ބޮނޑިބަތަށް މިއަހަރު ވެސް ހޫނު ތަރުހީބެއް!
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
"ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް