އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލަށް އިއްޒުއްދީންގެ ނަން ދޭން ނިންމައި އެ ސްކޫލުން ޖާގަ ހޯދުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
05 ނޮވެމްބަރ 2019
އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލަށް އިއްޒުއްދީންގެ ނަން ދޭން ނިންމައި އެ ސްކޫލުން ޖާގަ ހޯދުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުގައި އެންމެ ފުރަތަމަ ފަށާނީ ގްރޭޑު 1-6 އަށް ކަމަށެވެ. ނަމަވެސް ކޮންމެ އަ ހަރަކު އާ ގްރޭޑެއް ތައާރަފުކުރަމުން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށް ބުންޏެވެ.
އެ ސްކޫލުން ޖާގަދިނުމުގައި އަމަލުކުރާނީ މާލޭގެ އެހެން ސްކޫލުތަކުން ވެސް ޖާގަދިނުމުގައި އަމަލުކުރާ އުސޫލަށެވެ. އެހެންވެ ސިޓީ ހުށަހަޅައިގެން ޖާގަހޯދަން ހުޅުވާލާފައި ވަނީ އަންނަ އަހަރު އަލަށް ގްރޭޑް 2-6 އަށް ދާ ދަރިވަރުންނަށެވެ.
ގްރޭޑް އެކަކުން ޖާގަދޭނީ، މާލޭގެ ސްކޫލުތަކުން އެކަކުން ޖާގަދިނުމާ ގުޅޭ ގޮތުން މިފަހުން ނިންމި އުސޫލަށެވެ. އެއީ އެ ދަރިވަރެއްގެ ދާއިމީ އެޑްރެހަށް ބެލުމަށް ފަހުގަ އެވެ.
"ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ތަރުތީބުން ކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަނުގެ އިއުލާނުގައި ބުންޏެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ވެސް ހަދަނީ ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސްބިމުގަ އެވެ.
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް