Roadha Mihaaru
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލް އަޅަން 54 މިލިިއަން

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސްކޫލެއް އަޅަން 54 މިލިއަން ރުފިޔާ

05 ނޮވެމްބަރ 2019

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އިއްޔެ ވިދާޅުވީ އާ ސްކޫލު އަޅައިދޭނެ ބަޔަކު ހޯދައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެކަމަށް 54 އަހަރު މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފާއި ވެ އެވެ.

ރިޔާޒު ވިދާޅުވިގޮތުގައި އެ ސްކޫލު އަޅަން ނިންމާފައިވަނީ، މިއަހަރު ހުޅުމާލޭގައި ހުޅުވި ހުރަވީ ސްކޫލާ އެއްވަރަށް ކަމަށެވެ. އެތަން ހަދާނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ގޮތަށް، 1،000 ދަރިވަރުންގެ ޖާގަ އަށް ބަލައިގެން ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ދެ ވަނަ ފިޔަވަހީގައި ހަދާ ފުރަތަމަ ސްކޫލުގައި ކިޔަވައިދިނުމެވެ.

ސަރުކާރުގެ 213 ސްކޫލް ހުރި އިރު މިވަގުތު 150 ސްކޫލެއްގައި އެއްދަންފަޅި އަށް ކިޔަވައިދެ އެވެ. އެކަމަކު އެއީ ވަސީލަތްތައް ފުރިހަމަވެފައިވާ ސްކޫލުތަކެއް ނޫން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު 50 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރަން 1.7 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އެއާ ޖެހިގެން އަންނަ އަހަރު 75 ސްކޫލު އަދި 2022 ވަނަ އަހަރު 77 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.