Roadha Mihaaru
ސަލާހުއްދީން މަސައްކަތް ނިންމައި، ޖާގައަށް ހުޅުވާލައިފި

ކިޔަވައިދޭން ފެށިތާ ދެ މަސް ފަހުން ސަލާހުއްދީން ސްކޫލްގެ މަސައްކަތް ނިންމައި، ޖާގަ އަށް ހުޅުވާލައިފި

31 އޮކްޓޯބަރ 2023

ހުޅުމާލެ 2 ގެ މި ސަރުކާރުން އިމާރާތްކުރަން ނިންމި ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނިންމާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގެ މި ސަރުކާރުން އިމާރާތްކުރަން ނިންމި ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނިންމާލައިފި އެވެ.

މިދިޔަ އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރާ އެކު، އެ ސްކޫލުގައި ވެސް ކިޔަވައިދޭން ފެށި އެވެ. އެކަމަކު، އޭރު ކިޔަވައިދޭން ފެށީ، މުށި ޖެހުމާއި އޭސީ އަދި ކުލަލުމުގެ މަސައްކަތްތައް ނުނިންމަ އެވެ އެކަމާ ބެލެނިވެރިން ވެސް ޝަކުވާ ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސަލާހުއްދީން ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކުގެ މަސައްކަތް މިހާޜު ނިންމާލާފައިވާ ކަމަށެވެ.

ގްރޭޑް 1-10 އަށް ސަލާހުއްދީން ސްކޫލުގެ ޖާގަ އިތުރުވެފައި ވާތީ އިތުރުވި ޖާގަތަކަށް ކުދިން ވެއްދުމަށް ވެސް މިހާޜު ވަނީ ހުޅުވާލައިފަ އެެވެ.

ދިރާށީ އާ އަހަރާއެކު ސަލާހުއްދީން ސްކޫލުގައި ކިޔަވަންފެށުމަށް ބޭއްވި އެސެމްބްލީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދިރާށީ އާ އަހަރާއެކު ސަލާހުއްދީން ސްކޫލުގައި ކިޔަވަންފެށުމަށް ބޭއްވި އެސެމްބްލީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިނިސްޓްރީން ބުނީ ސްކޫލުން ޖާގަ ހޯދަން މިހާރު ފޯމު ހުށަހަޅާފައިވާ ކުދިންގެ ފޯމު ތަރުތީބުން ޖާގަ ދެމުން ގެންދާނެ ކަމަށެވެ.

ސަލާހުއްދީނުން ސްކޫލުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު އެ ތަނުން ޖާގަ ދީފައި ވަނީ 1،200 ކުދިންނަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފަސޭހަކަމާ އެކު، އެ ސްކޫލްގައި ކިޔެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާއިރު އެހެން ހުރިހާ ސްކޫލަކުން ލިބެން ހުންނަ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.