27 ސެޕްޓެމްބަރ 2016
ބ. ކެންދޫ ސްކޫލު ޓީޗަރުން ގިނަގިނައިން ސަލާމް ބުނާ ކަމަށް ބުނެ އެ ރަށުގެ ބައެއް ބެލެނިވެރިން ނުކުމެ ސްކޫލުގައި މިއަދު ހެނދުނު ތަޅު އަޅުވައިފި އެވެ.
ބ. ކެންދޫ ސްކޫލު ޓީޗަރުން ގިނަގިނައިން ސަލާމް ބުނާ ކަމަށް ބުނެ އެ ރަށުގެ ބައެއް ބެލެނިވެރިން ނުކުމެ ސްކޫލުގައި މިއަދު ހެނދުނު ތަޅު އަޅުވައިފި އެވެ.
ގާތްގަނޑަކަށް 200އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލު ބެލެނިވެރިން ބަންދުކުރީ ހެނދުނު ސެޝަނުގެ ކިޔެވުން ފެށުމުގެ ކުރިން، ސްކޫލު ދޮށަށް ގޮސް މުޒާހަރާ ކުރުމަށް ފަހު އެވެ.
އޭރު ބައެއް ޓީޗަރުންނާއި ދަރިވަރުން ސްކޫލަށް ގޮސް ތިއްބެވެ.
މުޒާހަރާ ކުރަމުން ދިޔަ ބެލެނިވެރިއަކު ބުނީ ޓީޗަރުން ގިނަގިނައިން ސަލާމް ބުނާއިރު، ގެއްލޭ މާއްދާތައް އެހެން ޓީޗަރުން ކިޔަވައި ނުދޭ ކަމަށެވެ.
"ހިސާބު ޓީޗަރު ބަލިވީމަ މި އޮތް ހުރިހާ ދުވަހު ހިސާބު ފޮތް އެ އޮތީ ކިޔަވައި ނުދީ އޮތްގޮތަށް. އެ ގަޑި ނަގަން ޖެހޭ އުސޫލުން ނަގައިދެވެން ޖެހޭނެ. ހިޔެއް ނުވޭ އެ މާއްދާ ކިޔަވައި ނުދެވޭނެ ޓީޗަރެއް މިތަނުގައި ހުންނާނެހެން،" ސްކޫލު ދޮށުގައި ހުރެގެން އަންހެން ބެލެނިވެރިއަކު ބުންޏެވެ.
އެތަނުގައި ތިބި އެހެން ބައެއް ބެލެނިވެރިން ޝަކުވާ ކުރިގޮތުގައި ޕްރައިމަރީ ގްރޭޑްތަކުގެ ގިނަ ޓީޗަރުން ސަލާމް ބުނާއިރު، ހުސްވާ އެ ގަޑިތައް ދެން އެހެން ޓީޗަރުންނަށް ނަގައެއް ނުދެވެ އެވެ.
ސްކޫލަށް ދިމާވާ މި ފަދަ މައްސަލަތަކުގެ ޒިންމާ ޕްރިންސިޕަލް އެންމެ ރަނގަޅަށް ނުނަގާ ކަމުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރި އެވެ.
"ޕްރިންސިޕަލް ވިދާޅުވަނީ ޓީޗަރުން ސަލާމް ބުނުމުގެ މައްސަލައެއް އޭނާ އަށް ނުހުއްޓުވޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ބުނިން ޓީޗަރުން ޒިންމާދާރު ކުރެވޭނީ ވެރިންނަށޭ،" މުޒާހަރާ ކުރަމުން ދިޔަ ބެލެނިވެރިންނާ ސްކޫލުގެ ޕްރިންސިޕަލް ޔުސްރާ މުރާދު ދެއްކެވި ވާހަކަ އަށް އިޝާރާތްކޮށް ބެލެނިވެރިޔަކު ބުންޏެވެ.
މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް ޕްރިންސިޕަލް އަށް ގުޅުމުން ވާހަކައެއް ނުދެއްކެވި އެވެ.
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ބެލެނިވެރިން ނުކުމެ ހުޅުދެލީ ސްކޫލު ބަންދުކޮށްފި
ހުރިހާ ޓޮޕް 10 ގައި އެންމެ އުފާވެރި މާމަ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ހަމަޖައްސަނީ
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން