04 ނޮވެމްބަރ 2019
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ މިއުޒިކަލީ ގަތް މައްސަލަ އެމެރިކާ އިން ތަހުގީގުކުރަން ފަށައިފި އެވެ.
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ މިއުޒިކަލީ ގަތް މައްސަލަ އެމެރިކާ އިން ތަހުގީގުކުރަން ފަށައިފި އެވެ.
މީގެ ފަސް އަހަރު ކުރިން އުފެއްދި މިއުޒިކަލީ، ބައިޓްޑާންސުން އެއް ބިލިއަން ޑޮލަރަށް ގަތީ 2017 ގަ އެވެ. އޭގެ ފަހުން ޓިކްޓޮކާއި މިއުޒިކަލީ ވަނީ އެއްކޮށްލައިފަ އެވެ. އެހެންވެ މިއުޒިކަލީ އަކީ މިހާރު ޓިކްޓޮކެވެ. އެ ބަދަލު ގެނައީ އޮގަސްޓް 2، 2018 ގަ އެވެ.
މި މުއާމަލާމާތުގެ މައްސަލަ ބަލަން އެމެރިކާ އިން ނިންމާފައި ވަނީ ޓިކްޓޮކަކީ އެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވެސް އެ އެޕުން ނުފޫޒު ފޯރުވައިފާނެ ކަމަށް ވިދާޅުވެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވެސް އެޕާއި ބައިޓްޑާންސްގެ މައްސަލަ ބަލަން ގޮވާލާފައި ވަނިކޮށެވެ.
The U.S. government investigation into TikTok’s Beijing-based parent company—if true—is welcome news.
— Chuck Schumer (@SenSchumer) November 1, 2019
Last week, we requested the Director of National Intelligence assess the risks posed by this China-owned company.
It’s a potential national security concern we can’t ignore. https://t.co/9crKGXl61R
ރޮއިޓާސް އިން ބުނި ގޮތުގައި އެމެރިކާ އިން މިހާރު އަންނަނީ ޓިކްޓޮކާއި ބައިޓްޑާންސްގެ މައްސަލަ ބަލަމުންނެވެ. އެކަން އެމެރިކާގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީ (ސީއެފްއައިޔޫއެސް) އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ކޮމިޓީގެ ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ބައިޓްޑާންސުން މިއުޒިކަލީގެ ވިޔަފާރީގެ މުއަމަލާތް ހިންގާފައި ވަނީ އުސޫލުތަކާ ހިލާފަށް އަދި ވިޔަފާރީގެ ހަމަތަކުގައި ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. އަދި ބައިޓްޑާންސުން މިއުޒިކަލީ ގަތް އިރު އެ ބޭނުންކުރާ މީހުންގެ އަދަދު 60 މިލިއަނަށް އަރާ ކަމަށާއި ވިިޔަފާރީގެ މުއާމަލާތް ނިންމާލައި، ޓިކްޓޮކާއި މިއުޒިކަލީ އެއްކޮށްލި އިރު ކުރީގެ ޔޫސާސްގެ ޑޭޓާތަކަށްވީ ކިހިނެއްކަމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ އެ ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވާގިވެރިކަމާ އެކު ޖާސޫސް ވެސް ކުރާ އެޕެކެވެ.
ނަމަވެސް އެ އެޕާއި ބައިޓްޑާންސަށް އެމެރިކާ އިން ކުރާ ތުހުމަތުތަކަށް އެ ކުންފުނިން އަދި އެއްވެސް ރައްދެއް ނުދެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 60 ޕަސަންޓް މީހުންނަކީ 16-24 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓިކްޓޮކާ އުޅެވުމަކީ ބޮޑު ގޯހެއް: މައިކްރޮސޮފްޓް
ޗައިނާގެ 14 އަހަރުން ދަށަށް ޓިކްޓޮކް 40 މިނިޓަށް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
މީހެއްގެ އަޑު ބޭނުންކުރާތީ ޓިކްޓޮކަށް ދައުވާކޮށްފި
ޓިކްޓޮކްގެ އާ ސީއީއޯއަކަށް ސިންގަޕޫރު މީހެއް
ޓިކްޓޮކްގެ ފިރިހެން ރެކޯޑް ޒެކް ކިންގް އަށް
ޓިކްޓޮކްގައި 100 މިލިއަން ހަމަކޮށްގެން ރެކޯޑެއް