01 ނޮވެމްބަރ 2019
ވޮޝިންޓަން (ނޮވެމްބަރު 1) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ވަގަށް ނެގި ބިލިއަން ޑޮލަރުގެ ތެރޭން އެއް ބިލިއަންް ޑޮލަރު ހޯދައިދޭން އެ ވައްކަމުގައި އެންމެ ބޮޑަށް ބައިވެރިވި ޗޯ ލޯއާ އެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެއްބަސްވުމެއް ހަދައިފި އެވެ.
ވޮޝިންޓަން (ނޮވެމްބަރު 1) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ވަގަށް ނެގި ބިލިއަން ޑޮލަރުގެ ތެރޭން އެއް ބިލިއަންް ޑޮލަރު ހޯދައިދޭން އެ ވައްކަމުގައި އެންމެ ބޮޑަށް ބައިވެރިވި ޗޯ ލޯއާ އެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެއްބަސްވުމެއް ހަދައިފި އެވެ.
1އެމްޑީބީން ވަގަށް ނެގި ފައިސާ އިން ވަނީ ބެވަލީ ހިލްސް އާއި ނިއު ޔޯކް އަދި ލަންޑަނުން އަގު ބޮޑު ބިންތަކާއި ލަގްޒަރީ ހޮޓާތަކާއި ސުޕަ ޔޮޓްތައް ގަނެފަ އެވެ.
1އެމްޑީބީގެ ވައްކަމުގެ އެންމެ ބޮޑު މޭސްތިރިޔާ ލޯ އުޅޭ ތަނެއް ނޭނގެ އެވެ. މެލޭޝިއާ އިން މިދިޔަ އަހަރު ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ. ލޯގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކޮށްފަ އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވަރަށް އަރިސް މީހެއް ކަމަށްވާ ލޯގެ ވަކީލުނެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 1އެމްޑީބީން ގެއްލުން ފައިސާ ހޯދައިދިނުމުގައި އެމެރިކާ ސަރުކާރާ އެކު އެއްބަސްވުމަށް އާދެވިފައިވާ ކަމަށެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ބެވަލީ ހިލްސް އާއި ނިއު ޔޯކް އަދި ލަންޑަނުގައި ހުރި ބިންތަކާއި ވިޔަފާރި އިންވެސްޓްމަންޓްތައް ދޫކޮށްލަން ލޯ އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން އިނގިރޭސި ވިލާތާއި ސްވިޒަލެންޑުގެ ބައެއް ޕްރޮޕަޓީތައް ދޫކޮށްލަން އޭނާ ވަނީ އެއްބަސްވެފަ އެވެ. 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ އިން ގަތް ސުޕަ ޔޮޓް، ކުރިން ވަނީ މެލޭޝިއާ އަށް ގެންގޮސްފަ އެވެ.
މެލޭޝިއާގެ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދު ކުރަން 2009 ވަނަ އަހަރު އުފެއްދި ބޭންކުގެ މަގްސަދާ ޚިލާފުވެ އެ ބޭންކް ބޭނުންކޮށްފައި ވަނީ ޚިޔާނާތް ހިންގުމަށެވެ. 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކޮށްފައިވެ އެވެ.
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި
ގޯލްޑްމަން ސޭކްސްއިން 7.5 ބިލިއަން ޑޮލަރު ހޯދަނީ
1އެމްޑީބީގެ ޚިޔާނާތާ ގުޅިގެން ގޯލްޑްމަން އަށް ދައުވާ
1އެމްޑީބީގެ ޚިޔާނާތުގެ 11 މިލިއަން ޑޮލަރު މެލޭޝިއާ އަށް
1އެމްޑީގެ ކޮރަޕްޝަނުގެ އެންމެ އިސް މީހާއަށް ދައުވާކޮށްފި
ކޮރަޕްޝަން ފައިސާއިން ގަތް ޔޮޓް މެލޭޝިއާއަށް ގެންގޮސްފި
1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަތް ޔޮޓް ގެންނަނީ
1އެމްޑީބީ ކޮރަޕްޝަނުގައި ސައުދީ، ޔޫއޭއީ އޮފިޝަލުންނަށް ތުހުމަތު
1އެމްޑީބީގެ ތަހުގީގަށް 400 އެކައުންޓް ހިފަހައްޓައިފި