Roadha Mihaaru
1އެމްޑީގެ ކޮރަޕްޝަނުގެ އެންމެ އިސް މީހާއަށް ދައުވާކޮށްފި

1އެމްޑީގެ ކޮރަޕްޝަނުގައި ތުހުމަތު ކުރެވޭ އެންމެ ބޮޑު މީހާގެ މައްޗަށް ދައުވާކޮށްފި

26 އޯގަސްޓް 2018

ކުއާލަ ލަމްޕޫރު (އޮގަސްޓް 26) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 26) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ބޭންކުގެ ޚިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ބޭނުންކުރި ލޯ ޓައެކް ޖޯގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭނާ ވީތާނެއް ނޭނގެ އެވެ. އެކަމަކު ފުލުހުން ބުނީ ޝަރީއަތާ ކުރިމަތިލާން އޭނާ މެލޭޝިއާ އަށް ގެންނާނެ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖޯ ލޯގެ ނަމުން މަޝްހޫރު ވިޔަފާރި ވެރިޔާ މިހާރު ހުރީ ޗައިނާގަ އެވެ.

މެލޭޝިއާ ފުލުހުންގެ ކޮމާޝަލް ކްރައިމްސް ޔުނިޓުގެ ވެރިޔާ އަމަރް ސިންގް ވިދާޅުވީ ޕުޓްރާޖާގެ ކޯޓަކަށް ވަނީ ޖޯ ލޯގެ ޣައިރު ހާޒިރުގައި އޭނާއާ ގުޅޭ އަށް މައްސަލައެއް ހުށަހަޅާފައި ކަމަށެވެ.

ޖޯ ލޯ ހައްޔަރު ކުރުމުގެ އަމުރެއް ވެސް މިހާރު ވަނީ ނެރެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖޯ ލޯގެ މައްސަލަތައް ކޯޓަށް ވެއްދުމަކީ އޭނާ އަނބުރާ މެލޭޝިއާ އަށް ގެންނަން ފަސޭހަ ވާނެ ކަމެއް ކަމަށެވެ.

ނަމަވެސް ޖޯ ލޯގެ ވަކީލް ބުނެފައި ވަނީ މެލޭޝިއާގައި ޖޯ ލޯ އަށް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.

1އެމްޑީބީ އިން ގެއްލުނު ފައިސާ ހޯދުމުގައި އެހީތެރިވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި އެ ބޭންކުން ވަނީ ހަތަރު ބިލިއަން ޑޮލަރު ލޫޓުވާލައިފަ އެވެ.

1އެމްޑީބީގެ ފައިސާ އިން ޚަރަދުކޮށްގެން ޖޯ ލޯ ގަނެފައިވާ ކަމަށް ބެލެވޭ 250 މިލިއަން ޑޮލަރުގެ ލަގްޒަރީ ޔޮޓު މިހާރު ވަނީ އަނބުރާ މެލޭޝިއާ އަށް ގެންގޮސްފަ އެވެ.