31 މެއި 2018
ކުއާލަ ލަމްޕޫރު (މެއި 31) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައިވާ އެކަކު ކަމަށްވާ ލޯ ޓައެކް ޖޯ ހޯދުމަށް އިންޓަޕޯލްގެ އޮފިޝަލުންނާ އުމްނޯގެ ކުރީގެ ބާރުގަދަ ސިޔާސީ ބޭފުޅެއް ކަމަށްވާ ޚައިރުއްދީން އަބޫ ހަސަން ފްރާންސްގައި ބައްދަލުކޮށްފި އެވެ.
ކުއާލަ ލަމްޕޫރު (މެއި 31) - މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައިވާ އެކަކު ކަމަށްވާ ލޯ ޓައެކް ޖޯ ހޯދުމަށް އިންޓަޕޯލްގެ އޮފިޝަލުންނާ އުމްނޯގެ ކުރީގެ ބާރުގަދަ ސިޔާސީ ބޭފުޅެއް ކަމަށްވާ ޚައިރުއްދީން އަބޫ ހަސަން ފްރާންސްގައި ބައްދަލުކޮށްފި އެވެ.
ޚައިރުއްދީންގެ ފޭސްބުކުގައި ލިޔެފައިވާ ގޮތުގައިވާ ލޯ އާއި އެސްއާރުސީ އިންޓަނޭޝަނަލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނިކް ފައިސަލް އާރިފް ކާމިލް އިންޓަޕޯލްގެ "ރަތް ލިސްޓަށް" ލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެސްއާރުސީ އިންޓަނޭޝަނަލް އަކީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެވެ.
ޚައިރުއްދީން ވިދާޅުވީ ލޯ އާއި ނިކް ފައިސަލް ހޯދައިގެން މެލޭޝިއާ އަށް ގެންނާނެ ކަމަށެވެ.
"1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގައި ލޯ ޒިންމާ އުފުލަން ޖެހޭނެ. ލޯ އާއި ނިކް ފައިސަލް އަކީ 1އެމްޑީބީގެ ކޮރަޕްޝަނުގެ ތަހުގީގުގައި މުހިންމު ބައެއް،" އޭނާ ވިދާޅުވި އެވެ. "ލޯ އާއި ނިކް ފައިސަލް މެލޭޝިއާ އަށް ގެނެވިއްޖެ ނަމަ 1އެމްޑީބީގެ ކޮރަޕްޝަނުގެ ވަރަށް ބޮޑު ބައެއް ހާމަވެގެންދާނެ."
1އެމްޑީބީގެ ކޮރަޕްޝަނުގައި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭ ގޮތުން މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީން ނަޖީބާ މިހާރު ވަނީ ދެ ފަހަރަށް ސުވާލު ކޮށްފަ އެވެ.
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި
ގޯލްޑްމަން ސޭކްސްއިން 7.5 ބިލިއަން ޑޮލަރު ހޯދަނީ
1އެމްޑީބީގެ ޚިޔާނާތާ ގުޅިގެން ގޯލްޑްމަން އަށް ދައުވާ
1އެމްޑީގެ ކޮރަޕްޝަނުގެ އެންމެ އިސް މީހާއަށް ދައުވާކޮށްފި
1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަތް ޔޮޓް ގެންނަނީ
1އެމްޑީބީ ކޮރަޕްޝަނުގައި ސައުދީ، ޔޫއޭއީ އޮފިޝަލުންނަށް ތުހުމަތު
1އެމްޑީބީގެ ތަހުގީގަށް 400 އެކައުންޓް ހިފަހައްޓައިފި
1އެމްޑީބީގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި
ނަޖީބަށް ދިން 681 މިލިއަން ޑޮލަރަކީ އެހީއެއް: ސައުދީ