11 ޖުލައި 2018
ކުއާލަ ލަމްޕޫރު (ޖުލައި 11) - މެލޭޝިއާގެ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލައިގައި ސްވިޒަލެންޑުގެ ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގުގައި ހިމެނޭ ހަ މީހުންގެ ތެރޭގައި ސައުދީ އަރަބިއާގެ ހަކަތައާ ބެހޭ ކުންފުންޏެއްގެ ދެ އޮފިޝަލަކާއި އަބޫ ދާބީ ސޮވެރިން ފަންޑުގެ ކުރީގެ ދެ އޮފިޝަލުން ހިމެނޭ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ކުއާލަ ލަމްޕޫރު (ޖުލައި 11) - މެލޭޝިއާގެ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލައިގައި ސްވިޒަލެންޑުގެ ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގުގައި ހިމެނޭ ހަ މީހުންގެ ތެރޭގައި ސައުދީ އަރަބިއާގެ ހަކަތައާ ބެހޭ ކުންފުންޏެއްގެ ދެ އޮފިޝަލަކާއި އަބޫ ދާބީ ސޮވެރިން ފަންޑުގެ ކުރީގެ ދެ އޮފިޝަލުން ހިމެނޭ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ މައިކަލް ލައުބާ ވިދާޅުވީ 1އެމްޑީބީ އިން ގެއްލިފައި ވަނީ ކިހާ ފައިސާއެއްކަން ތަހުގީގު ކުރާ ފަރާތްތަކުން ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ 1އެމްޑީބީ ބޭންކުގެ ކޮރަޕްޝަނުގައި ސްވިޒަލެންޑުގެ ދެ ބޭންކަކަށް ވެސް ތުހުމަތު ކުރާ ކަމަށެވެ.
1އެމްޑީބީ ކޮރަޕްޝަނުގައި އެންމެ ބޮޑު ތުހުމަތެއް ކޮށްފައި ވަނީ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށެވެ. މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބު ނަޖީބަށް ގެއްލުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ކޮރަޕްޝަނުގެ މައްސަލާގައި ނަޖީބު ކޯޓަށް ހާޒިރުކޮށް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
މެލޭޝިއާގެ އާ ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގުގައި 1އެމްޑީބީއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ 408 ބޭންކް އެކައުންޓެއް ވަނީ ފްރީޒްކޮށްފަ އެވެ.
1އެމްޑީބީ ފަންޑް 2009 ވަނަ އަހަރު އުފެއްދީ ނަޖީބު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. ބޭނުމަކީ މެލޭޝިއާގެ ތަރައްގީގައި ބިޔަ އިންވެސްޓްމަންޓްތައް ކުރުމެވެ. މި ބޭންކުގެ ކޮރަޕްޝަން އާއްމުންނާ ހަމައަށް ތިލަވީ 2015 ވަނަ އަހަރު އެވެ. އޭރު އެ ބޭންކުން ހަތަރު ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ދިޔައީ ވާހަކަ ދައްކަމުންނެވެ. އަދި ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި
ގޯލްޑްމަން ސޭކްސްއިން 7.5 ބިލިއަން ޑޮލަރު ހޯދަނީ
1އެމްޑީބީގެ ޚިޔާނާތާ ގުޅިގެން ގޯލްޑްމަން އަށް ދައުވާ
1އެމްޑީގެ ކޮރަޕްޝަނުގެ އެންމެ އިސް މީހާއަށް ދައުވާކޮށްފި
1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަތް ޔޮޓް ގެންނަނީ
1އެމްޑީބީގެ ތަހުގީގަށް 400 އެކައުންޓް ހިފަހައްޓައިފި
1އެމްޑީބީގެ ޚިޔާނާތާ ގުޅުން ހުރި މީހުން ހޯދަނީ
1އެމްޑީބީގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި
ނަޖީބަށް ދިން 681 މިލިއަން ޑޮލަރަކީ އެހީއެއް: ސައުދީ