Roadha Mihaaru

ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅުނު މައްސަލައެއް

އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިރޭ ފަށައިފި އެވެ.

ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅުނު މައްސަލައެއް

އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިރޭ ފަށައިފި އެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި އަދި އެއްވެސް ކުއްޖަކު، މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.