28 އޮކްޓޯބަރ 2019
ދޮންކެޔޮ ކެއުމަށް ފަހު އޭގެ ތޮށިގަނޑު އެއްލައިލުމުގެ ބަދަލުގައި އެހެން ކަމަކަށް ބޭނުންކުރުމާ މެދު ވިސްނާލަން ޖެހެ އެވެ.
ދޮންކެޔޮ ކެއުމަށް ފަހު އޭގެ ތޮށިގަނޑު އެއްލައިލުމުގެ ބަދަލުގައި އެހެން ކަމަކަށް ބޭނުންކުރުމާ މެދު ވިސްނާލަން ޖެހެ އެވެ.
މޫނުގައި ބިހި ނަގާ ގިނަ މީހުންނަކީ އެކި ބާވަތުގެ އަގު ބޮޑު ކްރީމްތައް ބޭނުންކުރާ މީހުންނެވެ. އެކަމަކު އޭގެ ބަދަލުގައި މިކަމަށް ފަސޭހަ އަދި މާ ބޮޑަށް ވެސް ހަރަދު ކުޑަ ހައްލަކަށްވާނީ ދޮންކެޔޮ ތޮށި ބޭނުންކުރުމެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ދޮންކެޔޮ ތޮށީގެ އެތެރެ ފަޅި، މޫނުގައި ބިހިތައް ނަގާފައި ހުންނަ ތަންތަނުގައި ގަވައިދުން އުނގުޅަން ފެށުމުން ބަދަލު ފެންނަން ފަށާނެ އެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ ތޮށިގަނޑު މޫނުގައި މަޑުމަޑުން އުނގުޅާފައި ހިކެންދެން ބެހެއްޓުމެވެ. އޭގެ ފަހުން ދޮވެލާނީ އެވެ.
އަދި މިއީ މޫނުގައި ހުންނަ ރޫތައް ވެސް ފިލުވައިދޭ، މޫނުގެ ހަންގަނޑު ހައިޑްރޭޑްކޮށްދީ އުޖާލާ ވެސް ކޮށްދޭނެ އެއްޗެކެވެ. އެގޮތުން ދޮންކެޔޮ ތޮއްޓާއި ބިސް އެއްކޮށްލައިގެން ޕޭސްޓެއް ތައްޔާރުކޮށްގެން މޫނުގައި އުނގުޅައިލެވިދާނެ އެވެ.
މަދިރި ހަފާ ތަންތަން ރަތްވެ، ހިރުވައި ތަދުވާ ވަނަ އެކަމަށް ވެސް މި ބޭނުން ކުރުމެވެ. އެފަދަ ހާލަތްތަކުގައި ދޮންކެޔޮ ތޮށިން އަވަސް ހައްލެއް ގެނެސްދޭނެ އެވެ.
ދަތްތައް ހުދުކޮށްލަން ބޭނުން ނަމަ އެކަމަށް ވެސް ދޮންކެޔޮ ތޮއްޓަކީ އެއް ވަނައިގެ އެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ދަތުގައި ދޮންކެޔޮ ތޮށި އުނގުޅާ ނަމަ ދަތް ހުދުކޮށްދޭނެ އެވެ. ހަދަން ޖެހޭ ގޮތަކީ މިނެޓެއްހާއިރު ވަންދެން ދަތްތަކުގައި ދޮންކެޔޮ ތޮށި ހޭކުމެވެ.
ބޫޓު އޮފުކޮށްލަން ވެސް ދޮންކެޔޮ ތޮށި ބޭނުންކުރެވިދާނެ އެވެ.
ގަސް ހައްދަން ލޯބިކުރާ ނަމަ ދޮންކެޔޮ ތޮއްޓަކީ ގުދުރަތީ ގަސްކާނާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ދޮންކެޔޮ ތޮށި ޗަސްކޮށްފައި ފަސްގަނޑަށް އަޅާލުމަކީ މާ ބުރަ ކަމަކަށް ނުވާނެ އެވެ.
ދޮންކެޔޮ ތޮށިން ސްމޫތީއެއް ހެދިދާނެ
ހަ މިލިއަން ޑޮލަރަށް ގަތް ކެޔޮވައް ކާލައިފި
ބަލަންތިއްބާ ކޮންޓްރޯލް ނަގައި ބިދޭސީން މަހުޖަނުންނަށް!
ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ
މިގޭގައި ޑްރެގަން ފުރުޓް ކަނީ އަމިއްލައަށް ހައްދައިގެން
ލުނބޯ ތޮށިން "ހުތްފޮނި" ހަކުރު
ދޮންކޭލުގެ ތޮށި ނޮޅަން ރޮބޮޓެއް އުފައްދައިފި
އަންނާރު ތޮށިން މީރު ސައިތައްޓެއް
ކާނާގެ އަގު ދުނިޔޭގެ ބާޒާރުގައި 13 ޕަސެންޓް މައްޗަށް
ބަދިގެ ސާފުކުރަން އޮރެންޖު ތޮށި