25 އޮކްޓޯބަރ 2019
ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
މިއަދާއި މާދަމާ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށް ގެންދާ ސަމިޓްގައި މިނިސްޓަރު ޝާހިދު ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ގައުމުތަކުގެ ވެރިންނާ ޝާހިދު ގެންދަވަނީ ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރައްވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ އާއި، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާއި މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާ މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވި އެވެ.
ނާމް ސަމިޓްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަފްގާނިސްތާންގެ ރައީސާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
ނޮން އެލައިންޑް މޫވްމަންޓަކީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ދެބަސްވުންތަކުގެ ތެރޭގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ވަކިކޮޅަކަށް ނުޖެހި ތިބުމަށް މީގެ 58 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގައި 120 ގައުމުން ބައިވެރިވެ އެވެ.
ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންނެވީ ރައީސްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހު އެވެ. ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.
ޚާރިޖީ ޓީމަކީ ދިވެހިންގެ ނަސީބު: ޝާހިދު
ވިސާ ނެތި ފެބުރުއަރީން ފެށިގެން މޮރޮކޯ އަށް ދެވޭނެ
"ބޭރުގެ އެހީ ބޭނުންކުރަން އަމާޒު އެއްގޮތްކުރަން ޖެހޭ"
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
ބޭރުގައި ތިބި ދިވެހިންގެ ކަންކަން ގާތުން ބަލާނަން
"އަދުގެ ހާލަތާ އެއްގޮތަށް ސިޔާސަތު ބައްޓަން ކުރާނަން"
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި