01 ޖެނުއަރީ 2019
ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންގެ ކަންކަން މިހާރަށް ވުރެ ގާތުން ބަލައި ދިމާވަމުން އަންނަ ކަންކަން ހައްލުކޮށްދޭން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންގެ ކަންކަން މިހާރަށް ވުރެ ގާތުން ބަލައި ދިމާވަމުން އަންނަ ކަންކަން ހައްލުކޮށްދޭން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައި ޝާހިދު ވިދާޅުވީ މި ފެށޭ އަހަރަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ އަހަރެއް ކަަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ތަނބުތަކެވެ. އެ ތަނބުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެ އާއި ރަހުމަތްތެރިކަން އޮތް ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރާނެ ކަމަށް ވިދާޅވި އެވެ. އެއާއެކު، އާ ރަހުމަތްތެރިން ހޯދައި ގުޅުން ބަދަހިކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ "މިއީ، އުއްމީދުން ފުރިގެންވާ ދަނޑިވަޅެއް" ކަމަށެވެ.
ކުރީގެ ސަރުކާރުގައި، ރާއްޖެ އާއި އެކުވެރި ގައުމުތަކާ މެދު ޚާރިޖީ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭއިރު، އެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ރާއްޖެ އޮތީ އެއްބާރުލުން ދީގެން އެކުގައި މަސައްކަތް ކުރަން ކަމުގެ ޔަގީންކަން ދެއްވަން ފޮރިން މިނިސްޓަރު ޝާހިދު ގެންދަވަނީ އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭއިރު ދިވެހިންނަށް އެންމެ ބޮޑަށް ދަތިވާނެ ފަދަ ކަންކަމަށް ހައްލު ހޯދައިދޭން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ފޮރިން ސާވިސްގެ 80 ޕަސެންޓް، ދާއިރާގެ މީހުންނަށް
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އިޒްރޭލުން ހިންގަނީ ގާނޫނާ ހިލާފު ޖަރީމާތަކެއް: ޝާހިދު
ރާއްޖެ-ޗައިނާގެ މަޝްވަރާ މާދަމާ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ