އިނގިރޭސިވިލާތުގެ ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
22 އޮކްޓޯބަރ 2019
އިނގިރޭސިވިލާތުގެ ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގައި ހަ މަސް ދުވަސް ވަންދެން، ލަންޑަނުގެ މަޝްހޫރު ހިސާބުތަކުގައި ރާއްޖޭގެ ފޮޓޯތައް ޖަހާފައިވާ ބަސްތައް ދަތުރުކުރާނެ ކަމަށެވެ. އަދި ސެންޓްރަލް ލަންޑަނުގެ ބަސް ސްޓޮޕްތަކުގެ ސްކްރީންތަކުގައި ދެމަސް ވަންދެން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ މަންޒަރުތައް ދައްކާ ވީޑިއޯތައް މި މުއްދަތުގެ ތެރޭގައި، ލަންޑަނުގެ ވޯޓާލޫ ސްޓޭޝަންގެ 40 މީޓަރުގެ ސްކްރީންތަކުން ދައްކާނެ އެވެ. މި ސްކްރީނަކީ މުޅި ޔޫރަޕުގައި ވެސް ހުރި އެންމެ ބޮޑު ސްކްރީނެވެ. މި ސްކްރީނުގައި ރާއްޖޭގެ މަންޒަރުތައް ދައްކާލުމުން ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރު ވާނެ ކަމަށް އެމްއެމްޕީއާރުސީން ގަބޫލު ކުރެ އެވެ.
ލަންޑަނުގެ ވޯޓާލޫ ސްޓޭޝަނުގެ ސްކްރީނުގައި ރާއްޖެ އިޝްތިހާރު ކުރަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭނަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ. މި މާކެޓަކީ ރާއްޖެ އަށް މުހިންމު މާކެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 83،089 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
"ރާއްޖޭގެ އަމާޒަށް ވާސިލްވާން ލިވަޕޫލުން އެހީތެރިވާނެ"
ރާއްޖެއަށް އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑްސް
ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖެއިން 168 މަންދޫބުން
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި