22 އޮކްޓޯބަރ 2019
ހދ. ކުޅުދުއްފުށީ ކަކާގޭގެ ތެރޭގައި ހުރި ސައިކަލުގައި ބަޔަކު ގަސްތުގައި ރޭ ރޯކޮށްލީކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހދ. ކުޅުދުއްފުށީ ކަކާގޭގެ ތެރޭގައި ހުރި ސައިކަލުގައި ބަޔަކު ގަސްތުގައި ރޭ ރޯކޮށްލީކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ގޭގައި ހުރި ސައިކަލެއްގައި ރޯވެގެން ރޭ 4:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވެ އެވެ. އެތަނަށް ފުލުހުން ދިޔައިރު ސައިކަލުގެ އިތުރުން ގޭގެ އަސްކަނީގެ ސީލިންގާއި ޕިކަޕެއްގައި ވަނީ ރޯވެފަ އެވެ.
އެ ހާދިސާގައި، ކަކާގެއާ ޖެހިގެން ހުރި ނަހާގެއަށް ވެސް ކޮންމެ ވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ވެ އެވެ. ނަމަވެސް އެއްވެސް މީހަކަަށް އަނިޔާއެއް ނުވެ އެވެ.
އަލިފާން ރޯވި ކަކާގެއަށް ލިބިފައި ހުރި ގެއްލުންތައް-- ފޮޓޯ: އެމްއެންޑީއެފް
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އަލިފާން ރޯވި ސައިކަލަކީ، އެ ރަށާ ޖެހިގެން އޮންނަ ނޮޅިވަރަމް މީހެއްގެ އެއްޗެއް ކަމަށެވެ. އެ މީހާ އަކީ، ކަކާގޭގައި ވަކިން ހުުރި ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހެކެވެ. ހަމަ އެ ގޭގައި ފިހާރައެއް ވެސް އޭނާ ހިންގަ އެވެ.
އަލިފާން ރޯވި އިރު އެ މީހާ ހުރީ ނޮޅިވަރަމްގަ އެވެ.
"މީގެ އަހަރުތަކެއް ކުރިން ފެށިގެން މި ރަށާ ނޮޅިވަރަމްއާ ދޭތެރޭ އޭނާ ދަތުރުކުރަނީ. އެކަމަކު މިހާރު ތިން ހަތަރު އަހަރު ވެދާނެ އެ ގެއިން ފިހާރައެއް ކުއްޔަށް ނަގައިގެން އުޅޭތާ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ސައިކަލުގައި ރޯކޮށްލާފައިވަނީ، ގޭގެ ގޭޓްމަތިން އަރައިގެން ދަނޑިބުރިއެއްގައި ފޮތިގަނޑެއް އައްސައިގެން ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ސަރަހައްދުން އެ ދަނޑިގަނޑު ފެނިފައިވާ ކަމަށް ވެ އެވެ.
ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެއްޖެ
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް މާލޭގައި!
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ރޯވި ސަރަހައްދު އާންމުންނަށް ބަންދު
ފެނުނީ ވަޒަނެއްކަން ޔަގީންވޭ، މީހާ ދޫކޮށްލައިފި!
ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ
ކުޅުދުއްފުށީގައި ބިދޭސީން ތިބޭ ބްލޮކެއް އަނދާ އަޅިއަށް
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި