ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ އެވެ.
29 ޑިސެމްބަރ 2023
ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ޔަގީންކޮށްދެއްވާފަ އެވެ.
އަދި އެފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތަށް ފުލުހުންނާ ގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަޒަން ފެނިފައި ވަނީ މިއަދު ހަވީރު ފްލައިޓުން މާލެ ދިޔުމަށް ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ އަތުންނެވެ. އަދި އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ފެނުނީ ވަޒަނެއްކަން ޔަގީންވޭ، މީހާ ދޫކޮށްލައިފި!
ޑްރަގާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެ މީހަކު ހައްޔަރު
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
ތުހުމަތުކުރަނީ ކުޅުދުއްފުށީ ގޭގައި ރޯކޮށްލީ ކަމަށް
ކޭބަލްތަކެއްގައި ރޯކޮށްގެން އުޅުނު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ މަގުތަކާއި ޓާމިނަލް ތަރައްގީކުރަން ފަށައިފި
ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން
ގަދަރުވެރި ދެ ޔުނިފޯމުން ނިވާވެފައިވާ ކޮރަޕްޝަން!
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި