Roadha Mihaaru
ރޯވި ސަރަހައްދު އާންމުންނަށް ބަންދު

ރަބީއުވިލާ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކޮށްފި

10 އެޕްރީލް 2024

މިރޭ ރޯވި މ.ރަބީއުވިލާގެ ހުންނަ ސަރަހައްދު އާންމުންނަށް ބަންދު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިރޭ ރޯވި މ.ރަބީއުވިލާގެ ހުންނަ ސަރަހައްދު އާންމުންނަށް ބަންދު ކޮށްފި އެވެ.

އަލިފާން ރޯވެފައި ވަނީ ރަބީއުވިލާ ގޭގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.

ފުލުހުން އެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދަމުންދާ ކަމަށެވެ.

އެހެންވެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެގެ ހުންނަ މަގު ވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާފައި އުޅޭ މީހުންނަށް ވެސް ބަންދުކޮށްފަ އެވެ.

https://x.com/policemv/status/1778102086959505668?s=46

އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެ ތަނުގެ ތެރޭގައި މީހުން ގާނޫނާ ހިލާފް ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.