އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޭނާ އަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ތްރީލައިން ވިޕެއް މިރޭ ނެރެފި އެވެ.
20 އޮކްޓޯބަރ 2019
އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޭނާ އަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ތްރީލައިން ވިޕެއް މިރޭ ނެރެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕާޓީ އެމްޑީޕީގެ ޕީޖީން އެގޮތަށް ނިންމީ މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ފިޔާޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ. ކޮމިޓީން ނަންތައް ތަރުތީބުކޮށްފައި އޮތް ގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ ފިޔާޒްގެ ނަމަށެވެ. އޭނާ ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި 22 ވަނަ ދުވަހު ހަމަވުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ އެ މުއައްސަސާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ.
"ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން"
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
ބިލްތައް ހުރީ ބާރުތައް ޖަމާކުރުމާ ދިމާލަށް: އެމްޑީޕީ
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"
ލެޖިސްލޭޓިވް އެޖެންޑާއާ މެދު އެމްޑީޕީގެ ކަންބޮޑުވުން
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް
ގޮނޑި ގެއްލުމާއި ރިކޯލް ވޯޓު ނަގާ ބިލު ވައްދައިފި
މާދަމާގެ ޖަލްސާ އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ބޮއިކޮޓް
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް