20 އޮކްޓޯބަރ 2019
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް ސާވިސް އިން މިއަދު އާއްމުކޮށްފި އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް ސާވިސް އިން މިއަދު އާއްމުކޮށްފި އެވެ.
އެ އިދާރާ އިން ހެދި ޗާޓާ އެކު، ކުރި ޓްވީޓެއްގައި ބުނީ އެ ޗާޓުގައި ފާހަގަކޮށްފައިވާ ގައުމުތަކީ 2013 ވަނަ އަހަރުން ފެށިގެން 2019 އާ ހަމައަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަނިކޮށް އަތުލައިގަތް މަސްތުވާތަކެއްޗާއި ގައުމުތައް ކަމަށެވެ.
ޗާޓުން ފެންނަ ގޮތުން ރާއްޖެ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ ރާއްޖެ އެ ސަރަހައްދެއްގައި އޮންނަ އޭޝިއާ ސަަރަހައްދުގެ ގައުމުތަކުންނެވެ. އޭޝިއާގެ 10 ގައުމަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެެކޮށްފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ތައިލެންޑް،މެލޭޝިއާ، އީރާން، ޔޫއޭއީ، ގަތަރު، އުޒްބެކިސްތާން އަދި ކަޒަކިސްތާން ހިމެނެ އެވެ.
ރާއްޖެ އަށް ދެން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރި ކަމަށް ޗާޓުން ދައްކަނީ ޔޫރަޕުންނެވެ. ޔޫރަޕްގެ ފަސް ގައުމަކުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ. އެއީ އިނގިރޭސި ވިލާތް، ބެލްޖިއަމް، ސްޕެއިން، ނެދަލޭންޑްސް އަދި ޖަރުމަނެވެ.
އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޯޕިއާ، ޓޯގޯ އަދި ބެނިން އިން ވެސް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ. ދުރުވެގެން އެންމެ ދުރުން ދެކުނު އެެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލް އާއި ޓްރިޑާޑް އެންޑް ޓޮބޭގޯއިން ވެސް ރާއްޖެ އަށް ޑްރަގް އެތެރެކޮށްފައި ވެ އެވެ.
The map shows origins & routes of drugs seized as they were smuggled in to Maldives via sea & air, including postal service during the period of 2013-2018.
— Maldives Customs (@CustomsMv) October 20, 2019
Where there is access to trade, so are potential for drugs squeezing through. We shall remain watchful and steadfast. pic.twitter.com/HLos7Cn7Oj
ކަސްޓަމްސްގެ ޓުވީޓު
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގިނަ ބަޔަކު ވަނީ ފަހަކަށް އައިސް އަތުލައިގެންފަ އެވެ. އެގޮތުން ޕާސްކިތާނުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޯޓަކާއި އެ ބޯޓްގެ ކައިރި އަށް ދިޔަ މަސްދޯންޏެއް ވެސް ވަނީ ހުއްޓުވައިފަ އެވެ. އެ ބޯޓުން 70 ކިލޯގެ ޑްރަގް ފެނުނެވެ. އެ މައްސަލަ ތަހުގީގު ކުރަން އިންޓަޕޯލްގެ ޓީމަކުން އަންނަނީ ފުލުހުންނަށް އެހީތެރިވަމުންނެވެ.
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
ޑްރަގު އެތެރެކުރި 65 އަހަރުގެ މީހާގެ ބަންދު ޖަހައިފި
ބޭރުން އައި 65 އަހަރުގެ މީހެއްގެ އަތުގައި ޑްރަގްސް
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
ރާއްޖެ އައި ބޭރު މީހެއްގެ ލަގެޖުން 5 ކިލޯގެ ޑްރަގްސް
ޕޯސްޓުން ގެނައި ކިލޯއެއްގެ ޑްރަގާއެކު މީހަކު ހައްޔަރަށް
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި