Roadha Mihaaru
ލ. އަތޮޅުގެ 3 ކޯޒްވޭގެ އީއައިއޭ ހަދަން ހަވާލުކޮށްފި

ލ. އަތޮޅުގެ ތިން ކޯޒްވޭގެ އީއައިއޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

17 އޮކްޓޯބަރ 2019

ލ. އަތޮޅުގެ ތިން ރަށް ގުޅުވާލުމަށް ހަދަން ނިންމާފައިވާ ކޯޒްވޭތަކުގެ ޑިޒައިންގެ މަސައްކަތް އަދި ކޯޒްވޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަން އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. އަތޮޅުގެ ތިން ރަށް ގުޅުވާލުމަށް ހަދަން ނިންމާފައިވާ ކޯޒްވޭތަކުގެ ޑިޒައިންގެ މަސައްކަތް އަދި ކޯޒްވޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަން އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ފޯސައިޓް ސާވެއާސް ޕްރައިވެޓް ލިމިޓެޑް އަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު ސޮއިކުރެއްވި އިރު، ފޯސައިޓް ސާވެއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނުއައިމެވެ.

މި މަޝްރޫއުގެ ދަށުން ކޯޒްވޭ ހަދާނެ ރަށްތައް:

- ލ. ހިތަދޫ އާއި ލ. މެންދޫ

- ލ. މެންދޫ އާއި ލ. ކުނަހަންދޫ

- ލ. ކަލައިދޫ އާއި ލ. ދަނބިދޫ

މި މަސައްކަތް ފުރިހަމަ ކުރަން ދެ މަސް ދުވަސް ފޯސައިޓް ސާވެޔާސަށް ދީފައިވާ އިރު، އެ ކަމަށް ކަނޑައަޅާފައި ވަނީ 388،916ރ. ގެ ބަޖެޓެކެވެ.