04 ސެޕްޓެމްބަރ 2023
ލ. ދަނބިދު އާއި ކަލައިދޫ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް އަވަސްކޮށް، ކަލައިދު އާއި އިސްދޫގެ ހުރިހާ މަގުތަކެއްގައި އޭނާގެ ވެރިކަމެއްގައި ތާރު އަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ދަނބިދު އާއި ކަލައިދޫ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް އަވަސްކޮށް، ކަލައިދު އާއި އިސްދޫގެ ހުރިހާ މަގުތަކެއްގައި އޭނާގެ ވެރިކަމެއްގައި ތާރު އަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކަލައިދު އަށް ވަޑައިގެން، އެ ރަށާއި ދަނބިދު އާއި އިސްދޫގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައި އޮތް ނަމަވެސް އަމަލީ ގޮތުން ކަމެއް ނުކުރާ ކަމަށެވެ.
އެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް، އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އަވަސްކޮށް ނިންމައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އިސްދޫ-ކަލައިދު އަކީ ބޮޑު ދެ ރަށް ކަމަށާއި އެ ދެ ރަށަށް ޒަމާނީ މަގުތަކެއް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ރަނގަޅު ފެންވަރަކަށް މަގުތަކުގައި ތާރު އަޅައިގެން ހަދާނެ ކަމުގެ ވައުުދުވެ، މުއިއްޒު ވިދާޅުވީ އެއާ އެކު އިގްތިސޯދީ ގޮތުން ވެސް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަލައިދޫއަށް ވަޑައިގެންނެވުމުން ތިން ރަށުގެ ގިނަ ބަޔަކު ވަނީ މަރުހަބާ ދެންނެވުމަށް އެއްވެފައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުއިއްޒުގެ ޕްލޭނަކީ އޭނާގެ ވެރިކަމެއްގައި ލ. އަތޮޅުގެ ޓޫރިޒަމަށް އިތުރު 3،000 އެނދު އިތުރުކުރުމެވެ. އެކަން ފާހަގަކުރައްވައި ވިދާޅުވީ ކަލައިދޫ ފަޅުތެރޭގަ އާއި އެހެން ސަރަަހައްދުތަކުގައި ޓޫރިސްޓު ރިސޯޓު އިތުރުކުރާނެ ކަމަށެވެ.
އަތޮޅުގެ ދެ ވަނަ އެއާޕޯޓުގެ ވާހަކަ މި ރަށުގައި ވެސް ތަކުރާރުކުރައްވައި މުއިއްޒު ވަނީ އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ޓޫރިޒަމް ފުޅާ ކުރުމުގައި ވެސް އެންމެ ނަފާ ވާނެ ގޮތަކަށް [އެއާޕޯޓު ތަރައްގީ] ކުރީމާ ޒުވާނުންނަށް ވެސް ރައްޔިތުންނަށް ވެސް ފައިދާ ވާނީ. އާމްދަނީގެ ގޮތުން ވެސް،" މުއިއްޒު ވިދާޅުވި އެވެ.
އިސްދޫ-ކަލައިދު އަކީ މުއިއްޒުގެ ލ. އަތޮޅު ކެމްޕެއިނު ދަތުރުގެ ފަހު މަންޒިލެވެ. މުއިއްޒު ދެން ވަޑައިގަންނަވާނީ އދ. އަތޮޅަށެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން 100 މީހަކަށް ދެނީ
ދެގޮތެއް ނުވި ހައްދުންމަތީގެ ފިޔާތޮށި ސަފު މިފަހަރުވެސް
ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ
ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި
ދަނބިދު އާއި އިސްދޫކަލައިދޫ ގުޅާލާނަން: އިބޫ
ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް އިސްދޫގައި ފަށައިފި
ލ. އަތޮޅުގައި ހުއިފިލަނޑާ އާލާކުރަން ލޯނު ދޫކުރަނީ
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ހުވާކުރާ ރަސްމިއްޔާތުގައި އާންމުންނަށް 1،000 ޖާގަ