01 ސެޕްޓެމްބަރ 2023
ކައްދޫ އެއާޕޯޓަށް ފްލައިޓު ޖެއްސިއިރު، މާދުރުން އެ ސަރަހައްދުގައި ހަދާފައި އޮތް ފިޔާތޮށި ކުލައިގެ ސަފުތައް ފެނެ އެވެ. މުޅި ސަރަހައްދު ޖަރީކޮށްލާފައި އޮތީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަށެވެ.
ކައްދޫ އެއާޕޯޓަށް ފްލައިޓު ޖެއްސިއިރު، މާދުރުން އެ ސަރަހައްދުގައި ހަދާފައި އޮތް ފިޔާތޮށި ކުލައިގެ ސަފުތައް ފެނެ އެވެ. މުޅި ސަރަހައްދު ޖަރީކޮށްލާފައި އޮތީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަށެވެ.
"ކޯޒްވޭ އާ ހަމައަށް ސަފު އެބައޮތޭ" ބުނުމުން ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނެވެ. އެކަމަކު އެއާޕޯޓު ސަރަހައްދުން ލިންކް ރޯޑަށް ނުކުތް އިރު، ހަދާފައި އޮތް ސަފުގެ ކޮޅު ނުފެނެ އެވެ.
ލ. އަތޮޅުގެ ގުޅިފައި އޮތް ރަށްތަކުގެ ކުދި ބޮޑު އެންމެން މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބިއިރު، އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ސިޔާސީ ފޯރި އާއި ޖޯޝުން މުޅި ތަން އޮތީ ކެކިފަ އެވެ. މުޅި ތަނުގައި އޮތީ "ޑރ. މުއިއްޒު، އެއްބުރުން" އޭ ގޮވާ އަޑެވެ.
އިދިިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މިއަދު ހަވީރު ލ. އަތޮޅަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ކައްދޫ އެއާޕޯޓުގައި ދަމާލި ދިގު ސަފު --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސަފުގެ މެދެއްހާ ހިސާބުގައި, މީގެ ކުރިން އެމްޑީޕީ އަށް ތާއީދުކުރި ލ. ގަމު ޒުވާނަކު މިއަދު ނުކުމެ ހުރީ ފިޔާތޮށި ޓީޝާޓުގަ އެވެ. އޭނާ އާއި މިއަދު އެކުގައި ބައިވެރިވި ގިނަ ޒުވާނުން ވިސްނުން ބަދަލުވުމާ ގުޅިފައި އޮތީ މި ސަރުކާރުން ގަމަށް ވީ އިހުމާލުން ކަމަށް އޭނާ ބުނެ އެވެ.
"ހައްތަހާ ވެސް އޭރު އެމްޑީޕީގައި އުޅުނު ޒުވާނުން މިއީ. އެ ފިކުރު ދޫކޮށްލީ ކަޑަވީމަ، ހާއްސަކޮށް [ދާއިރާގެ] އެމްޕީ ކަންތައް ކުރި ގޮތުން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ގަމު ޒުވާނުން ނުކުމެ ތިބީ ގަމަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކަމަށެވެ. އެކަން ވާން އޮތީ މި ވެރިކަން ބަދަލުކުރެވިގެން ކަމުގައި އޭނާ ދެކެ އެވެ.
ޕީޕީއެމްގެ ވެރިކަމުގައި ތަރައްގީކުރި ލިންކް ރޯޑުން މަތިން މަރުހަބާ ކިޔަން އައިސް ހުރި ފާތިމަތު އަލީ ބުނީ އޭނާ މިއަދު އެތަނަށް އައިސް ހުރި ސަބަބު ވަށައިގެން ބެލިޔަސް އޮތީ ފެންނަން ކަމަށެވެ.
"ބަލާލާ، މި ސަރުކާރުން ގެނައި ތަރައްގީއެއް ނޯންނާނެ، މިއީ ހަމަ އަޅުގަނޑުމެންގެ ވެރިކަމުގައި އެޅި މަގު، ކިހާ ފަސޭހައެއް މިވީ. މި ނެތް ނަމަ ކިހާ ހާލުގައި އުޅޭނީ،" ރަށު ބަހުން ވާހަކަދައްކަމުން އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހުރިހާ ރައްޔިތުން ނުކުމެ މި ތިބީ އެއްބުރުން މުއިއްޒު ހޮވާށެވެ.
އިދިިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މިއަދު ހަވީރު ލ. އަތޮޅަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ކައްދޫ އެއާޕޯޓަށް ޖަމާވި ސަޕޯޓަރުންނަށް ސަލާން ކުރައްވަނީ --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކޯޒްވޭ ކޮޅާ ހަމައަށް ދަމާލާފައި އޮތް ސަފުގައި ތިބި ހާހެއްހާ މީހުންނާ ސަލާން ކުރެއްވުމަށް މުއިއްޒު ވަނީ 50 މިނެޓު ހޭދަކުރައްވައިފަ އެވެ. ކޮންމެ މީހަކާ ވަކިވަކިން ސަލާން ކުރެއްވުމަށް ފަހު، މުއިއްޒުގެ ފަހަތުން ސަޕޯޓަރުން ވަނީ ކައްދޫއާއި ފޮނަދޫ ގުޅުވައިދޭ ދެ ކިލޯމީޓަރުގެ ކޯޒްވޭ ހުރަސްކޮށް ހިންގަވައިފައި ފޮނަދުއަށް ވަޑައިގެންފަ އެވެ.
އެ ހުރިހާ ވަގުތަކު މުޅި ސަރަހައްދު އެއް ރޫހެއްގައި، އެއް އަޒުމެއްގައި ފޯރީގައި ގުގުމާލާފައި އޮތީ މުއިއްޒަށް ޓަކަ އެވެ.
ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަވަސްކޮށްދޭނަން: މުއިއްޒު
ފޮނަދޫ ބޮޑެތި މަގުތަކުގައި ތާރު އަޅަން ފަށައިފި
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ހުވާކުރާ ރަސްމިއްޔާތުގައި އާންމުންނަށް 1،000 ޖާގަ
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަނީ
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ